ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ލުއި ލޯން – ނަގަން ލުއި، ދައްކަން ބަރު ލޯން! 

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކޮށްފައިވާ ލޯނުތަކުގެ ތެރެއިން އާއްމުންނަށް އެންމެ ގިނައިން އިވޭނީ ޔަގީނުން ވެސް ބީއެމްއެލް ލުއި ލޯނެއްގެ ވާހަކައެވެ. ބީއެމްއެލް އިން ވަރަށް ގިނައިން އިސްތިހާރު ވެސް ކުރާ ލޯނެކެވެ. އެހެންކަމުން މި ލުއިކަމެއްގެ އަޑުއިވިއިވި، ދިވެހިން މިތިބީ އެއްގޯސް ވެފައެވެ. ހަގީގަތުގައި ވެސް ބީއެމްއެލްގެ ލުއި ލޯނަކީ ވަރަށް ލުއި ލޯނެއް ކަމަށް މިއޮންނަނީ އިހްސާސް ކުރެވިފައެވެ. ނަމަވެސް ހަގީގަތަކީ އެއީ ހެއްޔެވެ؟

ބީއެމްއެލްގެ ވެބްސައިޓް ބުނާ ގޮތުން ބީއެމްއެލް އިން އެންމެ ފަސޭހައިން ކަސްޓަމަރުންނަށް ލިބޭނެ ލޯނަކީ މިއީއެވެ. އެއްވެސް އެއްޗެއް މޯގޭޖް ކުރާކަށް ނުޖެހޭނެއެވެ. ގެރެންޓާއެއް ބޭނުމެއް ނުވެއެވެ. ހަމައެކަނި ޝަރުތަކީ ވަޒީފާއެއްގައި އުޅުމެވެ. މުސާރަ، ރަސްމީކޮށް ބޭންކެއްގެ އެކައުންޓަކަށް ޖަމާވުމާއި އެންމެ މަދުވެގެން އެއްމަސް ދުވަހުގެ މުސާރަ ބީއެމްއެލްގެ އެކައުންޓަކަށް ޖަމާވުން ފިޔަވައި އިތުރު ޝަރުތެއް ނޯވެއެވެ.

އަދި އެންމެ ފަސޭހަ ކަމަކީ ލޯނަށް އެދޭތާ އެންމެ ފަސް ދުވަހުގެ ތެރެގައި ލޯން ހަމަޖެހުމެވެ. އެހެންކަމުން އެމެޖެންސީ ހާލަތެއް ދިމާވާ މީހަކަށް މިހައި ފަސޭހައިން ހަމަ ޖެހޭ ލޯނެއްގެ ބޭނުންތެރިކަން ނިކަން ބޮޑެވެ. އަދި އަމުދުން ގެރެންޓީއެއް ނުވަތަ މޯގޭޖެއް ބަހައްޓަން ނުޖެހުމުން މި ލޯނުން ނަގަން ކިތަންމެ ފަސޭހަވެފައި ލޯނު ކިތަންމެހައި ވެސް ލުއްޔެވެ.

ނަމަވެސް ހިތާމައަކީ ލޯނު ނެގުން ކިތަންމެ ލުއި ނަމަވެސް މި ލޯނު ދެއްކުން އިންތިހާއަށް ބަރު ވުމެވެ. ލުއި ލޯނުގެ އިންޓަރެސްޓްގެ ބަރުމިނުގައި %15 އެބަހުއްޓެވެ. މިއީ ބޭންކުން ދޫކުރާ އެންމެ އިންޓަރެސްޓް ބޮޑު އެއްލޯނެވެ. މިސާލަކަށް ބަލާނަމަ -/300000 ރުފިޔާގެ ލުއި ލޯނެއް މީހަކު ނެގީއެވެ. އެ ލޯނު ދައްކަން ފަސް އަހަރު ދުވަހުގެ މުހުލަތެއް ބޭންކުން ދޭއިރު ހަމައެކަނި އިންޓަރެސްޓްގެ ގޮތުގައި ވެސް ބޭންކަށް -/52360 ރުފިޔާ ދައްކަން ޖެހެއެވެ. ޔަގީނުން ވެސް އާއްމު ދިވެއްސަކަށް ބައިލައްކަ ރުފިޔާއަކީ ކުޑަ އެއްޗެއް ނޫނެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން ނަގާ “ލުއިލުއި” ލޯނަކީ ހަގީގަތުގައި އެތައް މަހެއްގެ ސޭވިން “ވަގަށް ކާލާ ކަޅުވެނެކެވެ.” ނަމަވެސް ކޮންމެ މަހަކު މަދުމަދުން ކަމުން ގެންދާތީ އެކަން އާއްމު ރައްޔިތު މީހާއަށް އިހްސާސް ނުކުރެވެނީއެވެ.

ބޭންކުގެ ލުއި ލޯނުގެ އިންޓަރެސްޓް ރޭޓްތައް އާދަޔާއި ހިލާފަށް ބޮޑުކަން ގިނަ މީހުންނަށް އިހްސާސް ކުރެވެނީ ލޯނު “ދައްކާ ދައްކާވެސް ލޯނުން އެއްޗެއް މަދުނުވާ ހިސާބުންނެވެ.” ނަމަވެސް އެހިސާބުން ދެން ކުރެވޭނެ ކަމެއް ނޯވެއެވެ. ދެން ކުރެވޭނެ ކަމަކީ ލުއި ލޯނުގެ ދަންތުރައިގައި އެހެން މީހުން ނުޖެހުމަށް ނަސޭހަތްތެރިވުމެވެ.

ލުއި ކަމަށް ބީއެމްއެލް އިން މިބުނާ ލޯނުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދޫކުރާ މިފަދަ ލޯނުތަކަށް ވުރެވެސް މާބޮޑު އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ލޯނުތަކެކެވެ. ރާއްޖޭގެ އެހެން ބޭންކްތަކާއި އަދި އަވައްޓެރި އެހެން ގައުމުތަކާއި އާމްދަނީގެ ގޮތުން ނުވަތަ މާލީ ގޮތުން ރާއްޖެއާއި އެއްގިންތިއެއްގައި ހިމެނޭ ގައުމުތަކުގެ ބޭންކްތަކުން ދޫކުރާ މިފަދަ ޕާސަނަލް ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށްވުރެ ބީއެމްއެލްގެ ލުއި ކަމަށް މިބުނާ ލޯނުގެ އިންޓަރެސްޓް ރޭޓް ބޮޑެވެ.

މިސާލަކަށް ބޭންކް އޮފް ސިލޯނު ބަލާށެވެ. ސްރީލަންކާގައި ހުންނަ އެބޭންކުގެ ބްރާންޗުން ކޮމްޕިއުޓަރާއި، ލެޕްޓޮޕް ގަންނަން ދަރިވަރުންނަށް -/75000 ރުޕީސް އާއި ހަމައަށް ލޯނު ދެއެވެ. އެލޯނު ދައްކަން ތިން އަހަރުގެ މުހުލަތެއް ލިބެއެވެ. އިންޓަރެސްޓް ރޭޓަކީ %0 އެވެ. އާނއެކެވެ. އިންޓަރެސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. މިއީ މާލީ ގޮތުން ބަނގުރޫޓް ވެފައި އޮތް ގައުމެއްގެ ބޭންކެއްގެ ވާހަކައެވެ.

ބޭންކްތަކަކީ މާލީ މުއައްސަސާތަކެކެވެ. ބޭންކްތައް ވެސް ހިންގަނީ މާލީ މަންފާއެއް ވެސް ހޯދުމަށެވެ. ނަމަވެސް ބޭންކްތަކަކީ ކަސްޓަމަރުންގެ “ލޭ ބޯ ފަންޏަކަށް ވެގެން ނުވާނެއެވެ.” ރައްޔިތުންނަށް އޮޅުވާލައިގެން، ނުވަތަ ރައްޔިތުން ވާވައްދައިގެން ރައްޔިތުންގެ ނިކަމެތިކަމުގެ ފައިދާ ނަގާ މުއައްސަސާއަކަށް ބޭންކް ވެއްޖެނަމަ އެކަމުގެ ގެއްލުމާއި ހާލަކު ހުރިހާ ރައްޔިތުންނަށާއި އަދި ގައުމަށް ވެސް ކުރިމަތިވާނެއެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށްޓަކައި ބޭންކް ވެސް ހަމަމަގަށް އަޅުވަން ޖެހެއެވެ. އެހެން ނޫންނަމަ އަދި ފަހުން ލިބެން އޮތް ގެއްލުން މާބޮޑުވާނެއެވެ.

ވަރަށް ގަދަ
81%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 3%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

9 Responses

  1. ހަމަ ތެދެއް ތީ. 15% ވެސް ނޫން!!! އިފެކްޓިވް ރޭޓަކީ 18%. ޢާންމުމީހާއަށް ނޭގިދާނެ އިފެކްޓިވް ރޭޓް. ހަގީގަތަކީ ލުއި ލޯނުގެ ހަގީގީ އިންޓަރެސްޓަކީ 18%

    ހެޔޮ ނުވާނެ ރައްޔިތުން މިވަރަށް ފެލައިގެން ޕްރޮފިޓް ބިލިޔަނަށް ޖެއްސުމުގެ ވިސްނުން ގެންގުޅެން. ބީއެމްއެލް ބޯޑު މިއަށްވުރެ ހަމްދަރްދީ ވާންޖެހޭ ރައްޔިތުންނަށް.

  2. ދިވެހިން ލޭބޯބެންކަކަން ތިއޮތީވެފައެއްނޫ. އަދި ދޭތެރެއަކުންބުނާނެ. މީދިވެހިންގެ ބެންކޭޭ

  3. އެހެންވެ އިސްލާމިކް ބޭންކިން އަށް ދާންވީ. އިސްލާމިކް ބެންކުގެ އުޖާލާ ދިރިއުޅުން އެއީ އިސްލާމިކް ފައިނޭންސިންގެ ގެ މުރާބަހާ ކޮންސެޕްޓަށް އިންނަ އެއްޗެއް. ބެންކަކީ ވިޔަފާރި ކުރާތަނެއް، ވިޔަފާރީގަ ފައިދާ ލެވޭނެ. ރިބާއާ ދުރުވޭ އެކުވެރިންނޭ.

  4. އެންމެ ފައިދާ ބޮޑު ކުންފުނި. ހޯދުނު ގޮތަކަށް ޖެހުނު އަދަދަކަށް ފައިސާ ހޯދާ ފައިދާ ބޮޑު ކުރަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: