ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީ ތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟
ސިޔާސީ ޕާޓީ ތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަޤްވާމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކޮށް ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވެފައިވަނީ، ކޮރަޕްޝަން މިއަދު މިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގަނެފައިކަމަށެވެ. ސިޔާސީ ޕާޓީ ތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުމެވެ.

ކޮރަޕްޞަން ގެ ކެންސަރުން ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާމީހުނަށް އޮތް ހުކުމް، ދައުލަތުން ވައްކަން ކުރާމީހުންގެ މައްޗަށް ތަންފީޒު ކުރެވިގެންކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ފޭސްބުކުގައި އުމަރު ހިއްސާކުރެއްވި ޕޯސްޓް.

މީގެ އިތުރުން އުމަރު ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ ބޮލުގައިވެސް އެޅުވުމަށް ވޭތުވި 7 އަހަރުވަންދެން، ދެ ސަރުކާރުންވެސް މަސައްކަތްކަމަށާއި، ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައިކަމަށެވެ. އަދި އޭނާ އެ ނާކާމިޔާބީ ސިފަކޮށްފައިވަނީ ‘ހުދުވަލުގެ’ ހުދުކަން ސާބިތުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: