ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ނިންމުންތައް އަންނަނީ އަނދިރި ކޮޓަރިއެއްގެ ތެރެއިން : ފާރިސް މައުމޫން

އެމްއާރުއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތައް އަންނަނީ “އަނދިރި ކޮޓަރި” އެއްގެ ތެރެއިން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ޖޭއެސްސީއަށް ގެންނަން ފެންނަ ކަމަށް އެމްއާރުއެމްއަށް ގަބޫލު ކުރެވޭ ބަދަލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ ޖޭއެސްސީ ހިނގަނީ އެތެރެ ނޭނގޭ ގޮތް ނޭނގޭ ގޮތަކަށް ކަމަށާއި ޖޭއެސްސީގެ ނިންމުންތައް އަންނަނީ “އަނދިރި ކޮޓަރި” އެއްގެ ތެރޭގައި ތިބިގެން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ކަމަށަށް ފާރިސް ސިފަ ކުރެއްވިއެވެ.

ފާރިސް ވިދާޅުވި ގޮތުގައި އޭނާއަށް ޖޭއެސްސީގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތުގައި އެނގިގެން ދިޔައީ ޖޭއެސްސީގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ކަމަށެވެ. އެގޮތުން ޖަލްސާތަކުގެ ހާޒިރީ ނުބެލެހެއްޓޭ ކަމަށާއި ޖަލްސާތަކުގެ ޔައުމިއްޔާ ނުބެލެހެއްޓޭ ކަމާއި އަދި ޖަލްސާތައް ރަނގަޅަށް ރެކޯޑް ނުކުރެވޭކަން ފާރިސް ފާހަގަ ކުރެއްވިއެވެ.

ފާރިސް ވިދާޅުވީ ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނައިރު ޖޭއެސްސީއަކީ ދެފުށް ފެންނަ ގޮތަށް މައްސަލަތައްތައް ނިންމާ ތަނަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ޖޭއެސްސީގައި ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ރޭވިފައިވާ އިޖުރާޢަތުތަކެއް އޮންނަން ޖެހޭނެކަން ފާރިސް ފާހަގަ ކުރެއްވިއެވެ.

ފާރިސް ވިދާޅުވީ ޖޭއެސްސީއަށް ބަދަލުތައް ގެންނައިރު އެންމެ މުހިންމު އެއް ބަދަލަކަށް ވާން ޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޖޭއެސްސީ ހެދުން ކަމަށެވެ. އެގޮތުން ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުންނަކީ ސިޔާސީ މީހުންގެ ވޯޓުން އައްޔަން ކުރެވިގެން އަންނަ ބަޔަކަށް ވުމުގެ ބަދަލުގައި ޖޭއެސްސީއަށް އައްޔަން ކުރަން ޖެހޭނީ ފަންނީ ގާބިލް މީހުން ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ޖޭއެސްސީން ނިންމާ ނިންމުންތައް ނިންމަނީ ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނީ ޖޭއެސްސީއަށް ސިޔާސީ މީހުންގެ ވޯޓާއިއެކު އައްޔަން ކުރެވޭ މީހުންގެ ބަދަލުގައި ފަންނީ ގާބިލް މީހުން އައްޔަންކޮށް ޖޭއެސްސީގެ ނިންމުތަކުގައި ފަންނީ މީހުންގެ ބައިވެރިވުން އޮވެގެން ނިންމުންތައް ނިންމުމުން ކަމަށެވެ. އަދި އެމްއާރުއެމްއިން ހުށަހަޅާ ހުށަހެޅުންތަކާއި އެއްގޮތަށް ޖޭއެސްސީއަށް ބަދަލުތައް ގެނެވިއްޖެނަމަ ސިޔާސީ ގޮތުން ޖޭއެސްސީއަށް ނުފޫޒު އޮންނަ އޮތުން ހައްލު ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވި ގޮތުގައި މިހާރު ޖޭއެސްސީ އެކުލެވިފައިވާ ގޮތުން ޖޭއެސްސީގެ ކޮންޓްރޯލް ލިބޭ ބަޔަކަށް ތިން ބާރުގެ ކޮންޓްރޯލް ލިބިގެންދާ ކަމަށެވެ. އެހެންކަމުން ޖޭއެސްސީއަށް ބަދަކު ގެންނައިރު ގެންނަން ޖެހޭނީ އެކަން އެގޮތަށް ނުހިނގާނެ ގޮތަކަށްކަން ފާރިސް ފާހަގަ ކުރެއްވިއެވެ.

ފާރިސް ވަނީ ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރުން ލަސްވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިވެރިކަން ފެށުނު ހިސާބުން މަސައްަކަތް ކުރިނަމަ މިހާރު އޮންނަނީ ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްަކަތް ނިމިފައިކަން ފާރިސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ލަހުން ނަމަވެސް މަސައްކަތް ފެށުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާރިސް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: