ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޝް ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދެއްކޭގޮތް ހަދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ބަހުގެ ހިދުމަތުގައި ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ޓެސްޓް ކުރުމަށް އެކުންފުނިން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީ އިން ބުނިގޮތުގައި އާރުޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ބާއްވާ ޓެސްޓް ދަތުރުތައް އަންނަ ޖަނަވަރީ މަހުގެ 1 އަދި 2 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ޓެސްޓް ދަތުރުތަކުގައި ކޮންޓެކްޓްލެސް މާސްޓަރ ކާޑާއި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އާރުޓީއެލް ބަހުގެ ހިދުމަތުގައި މިހާރު ފައިސާ ދެއްކެނީ އާރުޓީއެލް އެޕްލިކޭޝަން އާއި ބަސްކާޑު މެދުވެރިކޮށް އެކަންޏެވެ.

މިހާރު ބަހަށް ފައިސާ ދެއްކޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު މެދުވެރިކޮށެވެ.

މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރު ނުފުރޭ ކުޑަކުދިން އައިޑީ ކާޑު ދެއްކުމުން ހިލޭ ބަހުގައި ދަތުރުކުރެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެންސްޕާ ކާޑުގެ އެހީގައި ހިލޭ ދަތުރުކުރެވޭއިރު ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ބަހުގައި ދަތުރު ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: