ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާގެ ސުވާލެއް އިމްރާނަށް: ރައީސް ސާލިޙަށް ރައީސް ޔާމީންއާއި ވާދަކުރައްވަން ކެރިވަޑައިނުގަންނަވަނީ ކީއްވެ؟

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ:ފޮޓޯ/ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް އާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނުހައްގުން އަމަލު ކުރައްވާފައިވަނީ ވާދަވެރި ކެނޑިޑޭޓަކާއި އެކު، އިންތިހާބެއްގައި ވާދަކުރައްވަން ކެރިވަޑައިގަންނަވާތީ ތޯ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ޕާޓީގެ އެތެރޭގައި ބޮޑެތި ކޯޅުންތައް އުފެދި، ބަހުގެ ހަމަލާތައް ރައްދު ކުރެވެމުންދާއިރު، ރައީސް ސާލިހު ވަނީ އެމަނިކުފާނު ވެރިކަމުގެ ދައުރު ނިންމަވާނީ މިހާރު އޮތް ކޯލިޝަނާއިއެކު ކަމަށް ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންވަނީ ކޯލިޝަން ހެއްދެވުމާއިމެދު ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވަނީ ކޯލިޝަން ހަދަނީ ތާއީދު ނެތް މީހުން ސަރުކާރުން ހިއްސާއެއް ހޯދުމަށް ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ފޯރުވާކަމަަށާއި ރައީސް ނަޝީދަށް ކެމްޕެއިން ކުރާކަމަށް ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަމުންދާއިރު، އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވަނީ، ރިޔާސީ އިންތިހާބާއިމެދު އެނާ ދެކިލައްވާގޮތް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.

އެނާ ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށް ވާނީ، ގިނަ ވާދަވެރިންނާއި ބޮޑެތި އަދާވާތްތެރިނާއިވެސް ވާދަކޮށްގެން އިންތިހާބުން ކުރި ހޯދުމުންކަމަށެވެ. އަދި ފޮނިކަމެއް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބު ލިބުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝުޖާއު ވަނީ އިމްރާނަށް ރައްދު ދެއްވާފައެވެ. ރައީސް ސާލިހަށް ރައީސް ޔާމީނާއި ވާދަކުރައްވަން ކެރިވަޑައިނުގަންނަވާ ސަބަބު އެމަނިކުފާނުގެ ކިބައިން ސާފު ކުރެއްވުމަށް ޝުޖާއު އިމްރާންއަށް އިލްތިމާޒްކުރެއްވިއެވެ. އަދި ރައީސް ސާލިހު ރައީސް ޔާމީންއާއިމެދު އަމަލު ކުރެއްވި ގޮތަށް އަމަލު ކުރެއްވީ ވާދަކުރައްވަން ކެރިވަޑައިގަންނަވާތީތޯވެސް އެނާ ސުވާލު ކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި އަނިޔާވެރިކޮށް ބައިވަރު މަރުތައް ހިނގާފައިވާކަމަށެވެ. އަދި އެކަންކަން އިދިކޮޅުންވަނީ ފޮތެއްގައި ލިޔެފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންއާއިމެދު ރައީސް ސާލިހު އަމަލު ކުރައްވާފައިވަނި ނުހައްގުންކަމަށް ޝުޖާއު ސިފަކުރައްވިއިރު، އިދިކޮޅު ކޮންގްރެސް ކޯލިޝަނުންދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާ ކުރަމުންނެވެ. ދާދި ފަހުން އިދިކޮޅުންވަނީ މީޑިއާތަކާއި ބައްދަލު ކުރައްވައި ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލު ލިބިފައިނުވާކަމަށް ހާމަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އިސްތިއުނާފަށްވެސް ހުރަސް އެޅިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: