ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިންގެ ފެށުން އިއުލާނުކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އޭނާ ނޫން މީހަކު އައިސްފި ހާލަތެއްގައި ކަންކަން ދާނީ ކުރިންވެސް ދިޔަގޮތަށްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމުގެ ޔަގީންކަން އަރުވައި ސޯޝަލް މީޑިއާގައި ޝެއަރކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، އެނާގެ ފުރަތަމަ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދާނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ސަލްޓަން ޕާކުގައިކަމަށެވެ.

އުމަރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އެނާއަށް ކަމަށެވެ. އަދި ދިވެހިރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމުގެ ގާބިލުކަން ހުރިކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެނާ ނޫން މީހަކުގެ ވެރިކަމުގެ މަގާމަށް އައިސްފި ހާލަތެއްގައި ކަން ވެގެންދާނީ މީގެ ކުރިންވެސް ވެގެންދިޔަ ގޮތަށް ކަމަށެވެ.

ސިޔާސީ ޕާޓީ ތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުންކަމަށް ފާހަގަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ކުރިމަތިލައްވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ހައިސިއްޔަތުންނެވެ. އެނާގެ ވެރިކަމެއްގައި މަރުތަކުގެ މައްސަލައިގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފައިވާ އުމަރުވަނީ މި ސަރުކާރަށްވެސް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

އެގޮތުން މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު މީހުން އެއްވެ ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލައަކަށް އަލި އަޅުއްވައި އެނާ ވަނީ ސަރުކާރަށް ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ. އެނާ ވިދާޅުވީ، މި ސަރުކާރު ވުޖޫދަށް އައިސްފައިވަނީ ގޭންގްތަކާއި ޑްރަގު ލޯޑުން ބޭނުންކޮށްގެންކަމަށެވެ. އަދި އެހެންކަމުން މުޖުތަމައުގެ ތެރޭގައި ފެންމަތިވަމުންދާ އެފަދަ މައްސަލަތައް ހައްލު ކުރުމުގެ ގާބިލިއްޔަތު ނެތްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހުރިހާ ޖަރީމާ ތަކެއް ހައްލު ކުރެވޭނީ ހަމައުމަރުއަށް ގަޓުހުންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: