ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އަމްރުގެ ދިފާއުގައި: ސިޔާސީ މަގާމުތަކުގައި ތިބީ ރައީސުލްޖުމްހުރިއްޔާގެ ނޯކިރީން ނޫން، އަމިއްލަ އިހުތިޔާރު އޮންނާނެ!

އަމްރު ރައީސް ނަޝިދާއިއެކު އެމަނިކުފާނުގެ ކެމްޕެއިންގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމުތަކުގައި ތިބީ ރައީސުލްޖުމްހުރިއްޔާގެ ނޯކިރީން ނޫން، ސިޔާސީ މަޣާމުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް އަމިއްލަ އިހުތިޔާރު އޮންނާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ވޯޓުލާ މެންބަރުންނާއި، ކެމްޕެއިނާއި އަލަށް ގުޅޭ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ރޭ ބްރައިޓްވޭ އިންޓަނޭޝަނަލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޔަނުކުރައްވާފައިތިބޭ ބޭފުޅުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލެވޭނެކަމަށެވެ. އަދި އެފަދަ ބޭފުޅުންނަކީ ރައީސުލްޖުމްހުރިއްޔާގެ ނޯކިރީން ނޫންކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންނަށް ހަމައެކަނި އަމަލުކުރެވޭނީ ރައީސް އެދިލައްވާ ގޮތަކަށް ނޫންކަމަށެވެ. އަދި ހާއްސަކޮށް އިންތިހާބުގެ ކަންކަމުގައި އަމިއްލަ އިހުތިޔާރު އޮންނާނެކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ރައީސުލްޖުމްހުރިއްޔާއަށް ކަނުލާ އަޑުއައްސަވަންޖެހޭނެކަމަށާއި، އަދި ޕާޓީގެ އެހެންވެސް އާންމު އުސޫލުތަކަށް ބައްލަވަންޖެހޭނެކަމަށެވެ.

އެންމެ މުހިންމުކަމަކީ އެ އިންތިޙާބެއް އައީމައި މިނިވަންކަން، ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ލިބެންޖެހޭ. ހާއްސަކޮށް ޕާޓީގެ އެތެރޭގައި ހިގާކަމެއްވީމައި

ސިޔާސީ މަގާމުތަކުގައި ތިއްބެވި ވަރަށް ގިނަ ޞޭފުޅުން އެމަނިކުފާނުގެ ކެމްޕެއިންގައި މަސައްކަތްކުރައްވާކަމަށާއި، އެގޮތުން ކޯޑިނޭޓަރުންގެ ގޮތުގައި އަދި ވޯޓު ފޮށި ބެލެހެއްޓުމާއި، އެމަނިކުފާބނަށް އިރުޝާދު ދިނުމުގައިވެސް ހަރަކާތްތެރިވަކަމަށް ވިދާޅުވިއެވެ. ކެމްޕެއިންތައް ދުރުން ބެލުމާއި އަދި ހަމަ އަމަލީ ގޮތުންވެސް ބައެއް ބޭފުޅުން މަސައްކަތްކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެބޭފުޅުން އެކުރައްވާ މަސައްކަތް ރޫހާއި ހިލާފް މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުނުކުރުމަށް ރައީސް ނަޝީދު އެދިލެއްވިއެވެ.

އެވާހަކަދައްކަވަން ޖެހުމުގެ ސަބަބެއްކަމުގައި ނަޝީދު ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު އެމަނިކުފާނާއި ގުޅިވަޑައިގަތުމުން އަމާޒުވީ ފާޑުކިޔުންތަކާއި ބަސްތަކެވެ. ރައީސް ނަޝީދު ވިދާޅުވީ އަމުރު އެމަނިކުފާނާއިއެކު ހުވަދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ބައިވެރިވުމަކީ، ސަރުކަރުގެ ކަމަކަށް ފަރުވާ ކުޑަކުރުމެއް ނޫންކަމަށެވެ. އަދި އެފަދަ ނަޒަރަކުން ބަލާނަމަ އެކަން ކުށްވެރިކުރަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭނާއަށް އަމާޒުވީ ފާޑުކިޔުންތަކުގެ ރައްދުގައި އަމްރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ރައީސް ސާލިހަށް ދެންނެވުމަށްފަހުގައިކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެމްޕެއިންގައި ދާ ސަބަބާއި، ޕާޓީގެ އެތެރޭގެ އިންތިހާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯއިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަވެސް ރައީސް އަށް ދެންނެވިންކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށްވެސް ބޭނުން ކެޑިޑޭޓަކަށް ތާއީދުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަމިއްލަ އިހުތިޔާރު އޮންނާނެކަމަށް ފާހަގަކުރައްވާ ރައީސް ނަޝިދު ވިދާޅުވީ، އެމްޑީޕީއިން ވަކާލާތުކުރާ ޑިމޮކްރެޓިކް ރޫހަކީ އެއީކަމަށެވެ.

ރޭ ރައީސް ނަޝީދު މިފަދައިން ވާހަކަދައްކަވާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފުރަތަމަ ދުވަސްވަރު ސަރުކާރުގެ ފަރާތުން ވަޒީފާގެ ބިރު ދައްކާކަމުގެ ތުހުމަތު ރައީސް ނަޝީދު ވަނީ ކޮށްފައެވެ. އެގޮތުން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން ނެރުން ނޫސް ބަޔާނެއް ނެރެފައިވަނީ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ގަދަ ހިތްވަރުން 2018 ގައި ނުކުމެ ބަދަލުކުރާން ވޯޓުލީ އެތައްކަމެއް އަލުން އަނބުރާ އިޔާދަކުރަމުންދާކަމުގެ ކަންބޮޑުވުން ޕާޓީގެ ވަރަށް ގިނަ މެންބަރުން ފާޅުކުރަމުންގެންދާކަމަށް ފާޙަގަކޮށެވެ. އެބޭފުޅުންނާއި އެ މައުލޫމާރު ހިއްސާކުރަމުން އެބަ ގެންދާކަމަށް ފާހަގަކޮށް ބުނެފައިވަނީ، އެގޮތުން ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން އެކަމުގެ ބޭނުމަކީ ވޯޓުލާ ދުވަހު އެ މީސްމީހުން ވޯޓުލުމުން މަރޫހުމްކުރުމާއި އަދި، ރައީސް ނަޝީދަށް އެމީހުންގެ މަސައްކަތްކޮށްދިނުމާއި ދުރުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: