ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ފަށާ ކަމަށް ބުނެ އިދިކޮޅުން އޭސީސީއަށް

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން އޭސީސީގެ މެމްބަރުންނާ ބައްދަލު ކުރުމަށް އޭސީސީ އަށް ހާޒިރުވުމަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ހުށައަޅާ ޝަކުވާތަކަށް އިޖާބަދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ގޮވާލައިފިއެވެ.

ސުޖާއު ވިދާޅުވީ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އޭސީސީއާއި ހިއްސާކޮށްފިންކަމަށާއި، އެގޮތުން ވޯޓަށް ނުފުޒުފޯރުވުމަށް ހިންގާ ކަންކަމަކީ މިއަދު ވަރަށް ބޮޑަށް ކަނބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކުރިންކަމަށެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރެވޭ ތުހުމަތުތައް އޭސީސީއިން ނުބަލަނީ ކީއްވެގެންތޯ ސުވާލުކުރިންކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭސީސީއަކީ ހަމައެކަނި މައްސަލަ ހުށައެޅީމައި ބަލަން އޮންނަ ކޮމިޝަނެއް ނޫންކަމަށް ކޮމިޝަނުގައި ވިދާޅުވިންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ދެކެވޭ ވާހަކަތަކާއި، މީޑިއާތަކުގައި ދެކެވޭ ވާހަކަތަކުގެ މައްޗަށްވެސް އޭސީސިއިން މައްސަލަ ބަލަންޖެހޭނެކަމަށެވެ.

ދެން އެބޭފުޅުން ވިދާޅުވީ ޕީޕީއެމުން ތި ހުށައެޅީ ވަރަށް ރަނގަޅު ހުށައެޅުމެކޭ. ދެން އެހެންވީމަ ތިމަންނަމެން ވަކި ޔުނިޓެއް ގާއިމްކޮށްގެން ބަލަންފަށާނަމޭ، މިއަދުން ފެށިގެން އެހެން ސޯޝަލް މީޑިއާގައިވެސް އެހެން ބަޔަކު ވާހަކައެއްދެކެވޭކަމުގައިވަންޏާ، އޭގެ ހަގީގަތަކީ ކޮބައިކަން

ޕީޕީއެމްއިން ހުށައެޅީ ރަނގަޅު ކަންތައްތަކެއް ގޮތުގައި އޭސީސީއިން ފާހަގަކުރިކަމަށާއި، އަދި ހުށައެޅި ހުށައެޅުމާއި އެއްގޮތަށް ސޯޝަލް މީޑިއާގައި ކުރެވޭ ތުހުމަތުތައް ބެލުމަށް ވަކި ޔުނިޓެއް ގާއިމްކުރާނެކަމަށް އޭސީސީއިން ވިދާޅުވިކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އިދިކޮޅުގެ އެ ބައްދަލުވުމާއި ގުޅިގެން އޭސީސީގައި ވަކި ޔުނިޓެއް ހެދުމަކީ ޕީޕީއެމަށް ރައްޔިތުންނަށް ކޮށްދެވުނު ވަރަށް ރަނގަޅުކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އޭނާ މިކަންތައް ސިފަކުރެއްވީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޒުވާނުންނަށް ކަންތައްތައް ކޮށްދިނުމަކީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަރަށް ބޮޑަށް ބާރު އަޅާކަމެއްކަމަށެވެ. ނަމަވެސް ކުދި ކުދި ރަށްރަށުގައި ހާލަތާއި ނުބައްދަލު މިންވަރަށް ވަޒީފާތަކަށް މީހުން އެބަ ނަގާކަމަށް ވިދާޅުވެ ޝުޖާއު މިކަންތައް ފާހަގަކުރީ ސިޔާސީ މަންފާއަށްކުރާކަމެއްގެ ގޮތުގައެވެ. އަދި އެފަދައިން ވަޒީފާދޭ މީހުން މެދުވެރިކޮށް ސިޔާސީ ނުފޫޒު އެކި ފަރާތްތަކަށް ފޯރުވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ ތެރޭގައި ނަގާ އެބަ ހަމަ ނުފޫޒު ފޯރުވުމަށްޓަކައި، ވަޒީފާއަށް ނަގާފަ އެބަ ބުނޭ އާން ތިގޭގަ ހުންނަ ހަސަނު މީގެ ފަހުން ޕީޕީއެމް ޖަގަހައަށް ގޮސްގެން ނުވާނެއޭ. މިއީ ނފޫޒު ފޯރުވުން.

ޝުޖާއު ވިދާޅުވީ މިއީވެސް އެބޭފުޅުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ކުރާ ވަކި ވައްތަރެއްގެ ވައްކަމެކެމެއްކަމަށާއި، ރައީސް ޔާމީން ހިއްކަވާފައިވާ ބިންތަކުން ވޯޓާއި ދިމާކޮށް ގޯތި ދިނުމަށް ރައީސް ސާލިހު ނިންމަވާފައިވާކަމަށާއި، މިއީވެސް ވައްކަމެއްކަމަށެވެ. އަދި ފެނަކަ މެދުވެރިކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތައްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ ވަކި ބަޔަކަށް މަޝްރޫއުތައް ހަވާލުކުރާކަމަށާއި، އިއުލާނުގެ ކުރިން ކަންކޮށް ނިންމާފައި ހުންނަކަމަށެވެ.

ޝުޖާއު ވިދާޅުވީ މި ސަރުކާރުގައި އެންމެ ބޮޑަށް ވައްކަން ކުރަނީ ލޯނަރުންކަމަށާއި ނަމަވެސް މި ހުރިހާކަމެއް ހިގާއިރު އޭސީސީ އޮތީ ނިދާފައިކަމަށެވެ.

މިހެން ހުރި އެތައް މައްސަލައެއް އޭސީސިއަށް ހުށައެޅިންކަމަށާއި، އަދި މިކަންކަމުގެ ތެރެއިން ބައެއް ކަންކަން ބަލަމުންދާކަމުގެ ޔަގީންކަން އޭސީސީއިން ދެއްވިކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، މިކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ލިބެންޖެހޭކަމަށެވެ. ޝުޖާއު ވިދާޅުވީ މިއީ ވެރިކަމަށް ފާރަވެރިވާ ރައްޔިތުންގެ ފަރާތުން ހުށައަޅާ މަސައްކަތަކެއްކަމަށެވެ. އަދި އޭނާ އެދިލެއްވީ މިފަދަ ކަންކަމުގައި އޭހާ މަޑުން ނުތިއްބެވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: