ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުވަމުން ދަނީ ދޮގު ހަބަރެއް، ކޮރަޕްޝަންގެ މައްސަތައް ބެލުމަށް އައު ޔުނިޓެއް ހަދަން މަސައްކަތެއް ނުކުރަން: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އައު ޔުނިޓެއް ހެދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފިއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން “ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް/ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީކަމަށް” ބައެއް މީޑިއާތަކުންވަނީ ޚަބަރު ފަތުރާފައި ކަމަށް އޭސީސިއިން މީޑިއާ ތަކަށް ފޮނުވި ބަޔާނެއްގައި ވެއެވެ.
އޭސީސީގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ދަނީ ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރަމުން ކަމަށާއި އަދި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި މިދެންނެވި މަސައްކަތް ކުރާ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދެއެވެ.

މިދެންނެވި ކަންކަން މިހާރުވެސް އަދި ކުރިއަށްއޮތްތަކުގައިވެސް އެގޮތުގައި ކުރިއަށްދާނެކަމުގައި އޭސީސީ އިން ވަނީ ބުނެފައެވެ.

ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމުގައި ވެސް އޭސީސީ އިން ވަނީ ބުނެފައެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ފަރާތުން އޭސީސީ އަށް ވަޑައިގަތުމަށްފަހު، މައުލޫމާތުދެއްވި ގޮތުގައި ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން، އިތުރު 3 މެންބަރުންނާއިއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ޝިޔާމް ވިދާޅުވީ އުފެދިފައި ހުރި ވަރަށް ގިނަ ސުވާލުތައް އިދިކޮޅުން އޭސީސީއާއި ކުރިކަމަށެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަޅައަޅާފައިވާތީ އެކަމަށް އަމާޒުކޮށް ސުވާލުތަކެއް ކުރެވުނުކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިހާބުތަކާއި ގުޅުވައި ސަރުކާރުގެ ފައިސާ އާއި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރަމުންގެންދާތީ އެވާހަތައް ފާހަގަކުރަމުން ގެންދިޔަ ނަމަވެސް، އެކަމާއި މެދު އޭސީސީއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަމާއި ގުޅޭ ގޮތުން ކޮމިޝަނާއި ސުވާލުކުރިންކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތަކުގައިވެސް މިކަންކަން ތަކުރާރުވެގެންދާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފައިސާއާއި ވަސީލަތްތައްވެސް މި އިންތިހާބުގައި ބޭނުންކުރަމުންގެންދާކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލަށް ބައިވަރު ވަޒީފާތައްވެސް މި އިންތިހާބާއި ދިމާކޮށް ދެމުން އެބަގެންދާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކުން ދީފައިވާ ވަޒީފާތައް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: