ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ތާއިދުނުކޮށްފިނަމަ ނަޝީދަށް ފިޔަވަޅު އަޅާކަމުގެ އިޝާރާތެއް ޑެޕިއުޓީ ޗެއާޕާސަން ދީފި!

އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުނުކޮށްފިނަމަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅާނެކަމުގެ އިޝާރާތެއް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ދެއްވައިފިއެވެ.

އެމްޑިޕީގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބުކުރެއްވުމަށްފަހު ވަކި އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު ރައީސް ނަޝީދު މިއަދު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ، ރައީސް ސާލިހަށް ލިބުނު ވަރަށް ގިނަ ވޯޓް އުނިވާނެކަމަށެވެ. މި އިންތިހާބުގައި ވޯޓުލީ ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅު ވެދާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް މިއީ އޭގެ ސައްހަކަމާއިމެދު އެމަނިކުފާނު ސުވާލުއުފައްދަވާ ލިސްޓެކެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް ޕާޓިގެ ރިޔާސީ ޓިކެޓު ރައީސް ސާލިހަށް ކާމިޔާބުކުރެވުނު ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ހުށައެޅުމަކަށް ވެގެންދިޔައީ ”ފިކުރެއްގެ ދިރުން“ މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާއި ގުޅި އެމީހުންނާއިއެކު ގޮތް ނިންމުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ކެމްޕެއިން ޓިމުގެ ކެޑިޑޭޓު ކަނޑައަޅާނީ ފަހުންކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން އިބްރާހީމް ވަހީދު ވަނީ ޕާޓިގެ އަސާސީ ގަވާއިދުގައިވާ ބައެއް ކަންކަން ޓުވިޓާގައި ހިއްސާކޮށްފައެވެ. އެގޮތުން މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ގަވާއިދުގައި ކަންކަން ހިއްސާކޮށްފައިވާއިރު. އެ ގަވާއިދުގައި ގައި ބުނާ ގޮތުން ޕާޓީގެ އަސާސީ ގަވާއިދާއި، ސިޔާސަތުތަކާއި އުސޫލުތަކާއި، ކަނޑައެޅުންތަކާއި، އަދި އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށް ސުލޫކު ބަހައްޓާ އެ ގަވާއިދުގައި ބުނެފައިވާ ކަންކަން ގަބޫލުރަންޖެހޭނެއެވެ.

އޭގެ ތެރޭގައި ޕާޓީގެ މަސްލަހަތުތަކަށް ބުރޫނާރާނެ ގޮތަށް އެ މެންބަރެއްގެ އުޅުން ބެހެއްޓުމާއި، ހާއްސަކޮށް ޕާޓީގެ އަހްލާގީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުން ހިމެނެއެވެ. އަދި ގައުމީ މަޖިލީހުން ކަނޑައަޅާ އިޝްތިރާކު މެދުނުކެނޑިދެއްކުމާއި، ޕާޓިގެ އަމާޒުތަކާއި މަގުސަދުތަކައި، އުސޫލުތަކައި، ސިޔާސަތުތަކައި، ޕާޓީއަށް މުހިންމު ކަންކަން ކުރިއެރުރުވުމަށް މަސައްކަތްކޮށް އަދި އެކަންތައްތައް ދިފާއުކުރުމަށްފަހު އަސާސީ ގަވާއިދުން ޕާޓިގެ މެންބަރުންނަށް މަޖުބޫރުކޮށްފައިވެއެވެ.

ރައިސް މުހައްމަދު ނަޝީދު ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖް ނިންމާލަމުން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކީ ތާއިދުކުރަން ފަސޭހަ ކެޑިޑޭޓަކަށް ވާނެކަމަށެވެ. ނަމަވެސް މިހާރު ޕާޓީއިން ހޮވާފައިވާ ކެނޑިޑޭޓު ރައީސް ސާލިހަކީ މިކަމަށް ތާއިދުކުރައްވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން ރައީސް ނަޝިދުގެ ތާއީދު ރައީސް ސާލިހަށް ނެތްކަން ހާމަވެއެވެ.

ޕާޓިގެ އަސާސީ ގަވާއިދުން ޕާޓީގެ ކެނޑިޑޭޓުންނަށް ތާއިދުކުރުމާއި، ވޯޓު ހޯދާދިނުމަށް މަސައްކަތްކުރުމާއި އަދި ވޯޓު ދިނުން އޮތްއިރު، ރައީސް ނަޝީދު މިހާރު ނިންމާފައިވާ އެ ނިންމުމުން މި ގަވާއިދާއި ހިލާފުވެއެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 52%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ލަކުޑީގެ ގޮތުގައި އެއްއިރަެއްގައިވެސް ކޮޅުދާލި އެއީ އެހައި މުހިއްމު އެއްޗެއްނޫނެވެ. ނަޝީދު ހުންނަވާ ތަނެއްގައި ތބާމެންވެސް އަދި ހަމައެފަދައެވެ

  2. ރިޔާސީ އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ޙަރަކާތެއް ނޫން، މޮޔަވެގެން ނޫޅޭ/މިއީ 2023

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: