ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއިން ޝުޖާއު ވާހަކަ ދޮގުކުރުން: ޝުޖާއު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ދައްކާ ވާހަކަ ގަބޫލުކުރަން ނުވާނެކަމަށް!

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތައް ބެލުމަށްޓަކައި ވަކި ޔުނިޓެއް ހަދާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވުމުން އެވާހަކަތައް ކޮމިޝަނުން ދޮގުކޮށްފައިވާތީ ޝުޖާއު އެކަމަށް ރައްދުދެއްވައިފިއެވެ.

އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކާއިއެކު އޭސީސީއަށް ވަޑައިގެން ކޮމިޝަނުގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޕީޕީއެމްއިން ހުށައެޅީ ރަނގަޅު ކަންތައްތަކެއް ގޮތުގައި އޭސީސީއިން ފާހަގަކުރިކަމަށެވެ. އަދި ހުށައެޅި ހުށައެޅުމާއި އެއްގޮތަށް ސޯޝަލް މީޑިއާގައި ކުރެވޭ ތުހުމަތުތައް ބެލުމަށް ވަކި ޔުނިޓެއް ގާއިމްކުރާނެކަމަށް އޭސީސީއިން ވިދާޅުވިކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

އެއަށްފަހު މާ ގިނަ އިރުތަކެއް ނުވެ އޭސީސީއިން މިވާހަކަތައް ދޮގުކޮށްފައިވާތީ، މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން “ސަންގުން” ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ އޭސީސީއިން އެހެއްދެވީ ދޮގެއްކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅު ހިޔާލުފުޅެއްކަމަށް އޭސީސީއިން ފާހަގަކުރިކަމަށް ޝުޖާއު ވިދާޅުވިއެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާނެއްކަމަށާއި، އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެވޭ އެކިއެކި ތުހުމަތުތައް ބެލޭނެ މެކޭނިޒަމްއެއް އޭސީސީގައި އޮންނަންޖެހޭނެކަމަށް ހުށައެޅިންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، އެފަދަ މައްސަލަތައް ބެލުމަށް ޔުނިޓެއް ހެދުމަށް ނިންމާފައިވާކަމަށް އޭސީސީއިން ދެންނެވިކަމަށެވެ. އަދި އެއީ ފަންކްޝަން ކުރަމުންދާ ޔުނިޓެއްކަމަށް ފާހަގަކުރެއްވިކަމަށްވެސް ވިދާޅުވިއެވެ. ސީދާ ވިދާޅުވި ގޮތަކީ އެއީކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ޝުޖާއުގެ ވާހަކަތައް އޭސީސީއިން ދޮގުކުރުމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ ބައްދަލުވުމުގައި ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ހުންނަ އޭސީސީތަކުން އަމަލުކުރަމުންދާ ގޮތް ފާހަގަކުރިންކަމަށާއި، ވައްކަންތައް ހޯދައިގެން ތަހުގީގުކުރެވޭނެކަމަށެވެ. ދިވެހިރާއްޖޭގައި ހުންނަ އޭސީސީއަށްވެސް އެހެން ތަހުޒީބު ޑިމޮކްރަސީތަކަށް އަމަލުކުރާ އޭސީސީތަކަށް ލިބިފައިވާ ބާރުތައް ގާނޫނުންދޭކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ޕްރޯއެކްޓިވްކޮށް އަދި މައްސަލައެއް މީހަކު ހުށަނޭޅިއަސް ހަގީގަތުގައި ބެލުމުގެ ޖާގަ މި އޭސީސީއަށްވެސް އެބައޮވޭ

މަޖިލީހުގައި އާއި އިތުރު ގޮތްގޮތުން އޭސީސީއާއި ބައްދަލުކުރާއިރުވެސް، ފާޅުގައި ވައްކަންތައް ހިގައިގެން ދާއިރު އެ މައްސަލަތައް އަމިއްލައަށް ފެނިގެން  ނުބަލަނީ ކީއްވެގެންތޯ ސުވާލުކުރަންކަމަށް ޝިޔާމް ވިދާޅުވިއެވެ. އެފަދަ ބައިވަރު މައްސަލަތަށް ބަލާކަމަށް އޭސީސީއިން ބުނިކަމަށާއި، ނަމަވެސް ހުރިހާ މައްސަލަތަކެއް ރައްޔިތުންނާއި ހަމައަށް ހާމަނުކުރާކަމަށް ވިދާޅުވިކަމަށް ފާހަގަކުރައްވާ ޝިޔާމް އަލިއަޅުއްވާލައްވާ ވޮސެލްބްލޯކުރިމަށެވެ.

އެގޮތުން ވިސެލްބްލޯ ކުރުމަށްފަހު ސޯޝަލް މީޑިއާގައި އޭސީސީ ޓެގުކުރެއްވުމަށްފަހު ކުރާ ތުހުމަތުތަކަށް އޭސީސީއިން އެޓެންޑްވާން ޖެހޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްވެސް ވިދާޅުވީ ޔުނިޓެއް ގޮތަސް އެފަދަ މައްސަލަތައް ބަލާނެ މެކޭނިޒަމެއް ހަދާނެކަމުގެ ވާހަކަ އޭސީސީއާއިއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވިކަމަށެވެ. އަދި މިހާރުވެސް މިފަދަ މައްސަލަތަށް ބަލަމުންދާކަމަށް އޭސީސީއިން ފާހަގަކުރިކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ 2019 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ގެނައި ކޮމަން ވެލްތް އޮބްޒާވަރުން ކުރި ދިރާސާއިންވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދިވެހި ދައުލަތުގެ ވަސީލަތްތައް ކެމްޕެއިން އަށް ބޭނުންކުރިކަން ހާމަވީކަމަށެވެ. އެ މައްސަލަ އޭސީސީއިން ނުބަލަނީ ކިހިނެއްތޯ ސުވާލުއުފައްދާ ޝިޔާމް ވިދާޅުވީ އެއީ އެބޭފުޅުން ދައްކާ ވާހަކަ ނޫންކަމަށެވެ. ރައީސް ސާލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުތަކުގައި ރައީސް އޮފީހުގެ ރިޔާސީ ލޯންޗުކޮޅު ބޭނުންކުރިކަމަށާއި، އަދި ދައުލަތުގެ ނިޝާން ފޮރުވަން އތަނުގެ މަތީ ޑަސްބިން ކޮތަޅު އަޅާފައި ހުރިކަމަށެވެ. މި މައްސަލަތައް އޭސީސީއިން ނުބަލަނީ ކީއްވެގެން ތަކުރާރުކޮށް ޝިޔާމް ސުވާލުއުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: