ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި އދ އާއި ގައުމުތަކުން ކަނޑައަޅައިފި: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި އދ އާއި ގައުމުތަކުން ކަނޑައެޅާފައިވާ ކަމަށާއި އެއީ ޕީޕީއެމްއިން ހޯދި ކުރިއެރުމެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ޕީޕީއެމްއިން ކުރަމުންދާ މުޒާހަރާތަކުގައި މީހުން މަދީ ކީއްވެގެންތޯ ސުވާލުކުރުމުން، ސުޖާއު ވިދާޅުވީ މީހުން މަދުވަނީ ޕީޕީއެމް އަދި އިދިކޮޅުގެ ލީޑަރު ރައީސް ޔާމީންއަށް ތާއިދުނެތީމައި ނޫންކަމަށާއި، މީހުން މުޒާހަރާގައި ބައިވެރި ނުވަނީ ސަރުކާރަށް ބިރުން ކަމަށެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއިވެސް އެބޭފުޅުން ބައްދަލުކޮށްފިންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ވާދަވެރި އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ހަރަކާތްތެރިވީ ބައެއްކަމަށެވެ. އެހެންކަމުން މިއަދު އެގޮތަށް ހަރަކާތްތެރި ނުވަނީ އަދި މި ގައުމުގައި ޑިމޮކްރަސީގެ އަސްލުތައް ނެތިގެންދާއިރުވެސް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން އެއްޗެއް ވިދާޅުނުވަނީ ކީއްވެގެންތޯ ސުވާލުކުރިންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ މުޒާހަރާތަކަށް މީހުން ނުދާ ސަބަބު ހިއުމަން ރައިޓްސް ވޮޗާއި އަދި އދ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާއަށާއި، އަދި އެނޫންވެސް އިންސާނީ ހައްގުތަކަށާއި، ޑިމޮކްރަސީއަށް ވަކާލަތުކުރާ ޖަމިއްޔާ ޖަމާއަތްތައް ހިއްސާކުރިންކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނިކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ދެން އަޅުގަނޑުމެން ހިތަށް އެރީ މިއީ ކޮން ކަންބޮޑުވުމެއްބާއޭ މި މީހުން މި ފާޅުކުރަނީ. މިއީ ރާއްޖޭގެ މީޑިއާތަކުން އަސްލު ހަގީގަތުގައި ވަރަށް ބޮޑަށް ހޭވެރިވާންޖެހޭ މައްސަލައެއް

ޝުޖާއު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމްއިން ކުރަމުންދިޔަ މުޒާހަރާތައް 20 މީހުންނަށްވެސް ވެގެންދިޔަކަމަށާއި، ނަމަވެސް އެއީ ޝުއޫރު ފާޅުކުރަން މަގުމައްޗަށް ރައްޔިތުން ނިކުންނަން ބޭނުންނުވާތީ ނޫންކަމަށެވެ. އަދި ރައްޔިތުން މަގުމައްޗަށް ނުނިކުންނަނީ ނިކުންނަ ރައްޔިތު މީހާ ގެންގޮސް ޖަލަށްލާތީކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޓްރާންސްޕޭރަންސިއިން ބުނި ގޮތުގައި ޕީޕީއެމްގެ މުޒަހަރާތަކުގައި މީހުން މަދުވަނީ ދިވެހިރާއްޖެއިން ޑިމޮކްރަސީ ނެތިގެންދާތީކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ފްރީޑަމް އޮފް އެސެމްބްލީއެއް ނެތްކަމަށައި، އަދި ފްރީޑަމް އޮފް އެކްސްޕްރެޝަންވެސް އަދި ވާހަކަދެއްކުމުގެ މިނިވަންކަން ނެތްކަމަށްވެސް ނެތްކަމަށް ޓްރާންސީޕޭރަންސީއިން ބުނިކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، މިކަމުގެ ކަނބޮޑުވުން އެބޭފުޅުން އަންނަނީ ސަރުކާރާއި ހިއްސާކުރަމުންކަމަށެވެ.

ޓްރާންސްޕޭރަންސީއިން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ ޖޮއިންޓް ސްޓޭޓްމެންޓެއް ނެރެވިގެންދިޔަކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، އެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި ޑިމޮކްރަސީގެ އަސާސްތައް ނެތި ގޮސްފައިވާތީކަމަށެވެ. އަދި އެ ބަޔާނުގައި މިކަންކަން ނުކުރުމަށް ސަރުކާރަށް ގޮވާލާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު މަޖީދީ މަގަށް ނިކުމެ އަޑުއުފުލުމުގެ ފުރުސަތު ލިބިގެން ދިޔައީ އެ ގޮވާލުމުގެ ސަބަބުންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ނަމަވެސް މީގެ ކުރިން މިކަން ހިގަމުންދިޔައީ މިހެން ނޫންކަމަށެވެ.

މިހާރު ބައްލަވާ މަޖީދީ މަގަށްވެސް އަޅުގަނޑުމެންނަށް ނިކުމެވޭ، މަޖީދީ މަގުން އަޅުގަނޑުމެންނަށް އިހުތި ޖާޖުވެސްކުރެވޭ. އަޅުގަނޑުމެންނަށް ވަކާލާތުވެސް ކުރެވޭ، އަޅުގަނޑުމެންނަށް ގޮވަންވެސް ގޮވޭ ރައީސް ޔާމީންއަށް އިއްވީ ހަރާން ހުކުމެކޭ.

ރައީސް ސާލިހުގެ ކެބިނެޓާއި އަދި އެމަނިކުފާނުގެ ސަރުކާރުން ޑިމޮކްރަސީގެ އަސްލުތައް ނެތިގޮސް، ރައީސް ސާލިހަކީ ހުތުމުހުތާރު ވެރިއެއްކަމަށް އދ އަދި އެހެން ގައުމުތަކުން ނިންމާ އެކަމުގެ ސިޓީ ރައީސް ސާލިހަށް ފޮނުވާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޕީޕީއެމް އިން ހޯދި ކުރިއެރުމަކީ އެއީކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެއާއިއެކު ނޫސްވެރިޔާ ވަނީ މިހާރު ޝުޖާއު ވިދާޅުވިފަދައިން މުޒާހަރާކުރުމުގެ ފުރުސަތު ލިބިފައިވާއިރު، މީހުން މަދީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ޝުޖާއު ވިދާޅުވީ އެމްޑީޕީއަށްވެސް އެވަރުގެ މުޒާހަރާއެއް ކުރެވިފައި ނުވާކަމަށެވެ. އަދި އެމްޑީޕީއަކީ މުޒާހަރާއެއްކޮށްފިނަމަ މުޅި ގައުމުގައި ހުޅުޖަހާ ބައެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ނޫނީ ސިޔާސީ އެއްވުންތައް އެއް ނުވެވޭނެފަދައިން ރައީސް ޔާމީންގެ ސަރުކާރުގައި އެ ގާނޫނަށް އިސްލާހު ގެނައީ އޭރުގައި ހާލަތު އޮތް ގޮތުންކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ތާކުން ތާކު ނުޖެހޭ މައްސަލަތަކުގައިވެސް ގައުމުގެ އަމާންކަން ނަގާލަން އެމްޑީޕީއިން މަސައްކަތްކުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: