ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ކެނޑިޑޭޓަކު ނެރޭނެ، މިތިބީ ރަނގަޅަށް 2023 އަށް ތައްޔާރަށް: ޝުޖާއު

ޕީޕީއެމްގެ ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑޭޓަކު ވާދަ ކުރާނެކަން، ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވާނީ އިއުލާނު ކުރައްވާފައިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާއި ހަވާލު ކުރި ނަމަވެސް އެމަނިކުފާނު ހުންނެވީ ހުކުމެއްގެ ސަބަބުންކަމަށްވުމާއި އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. ރައީސް ޔާމީން ހުކުމެއްގައި ހުންނެވުމުގެ ސަބަބުން، އެމަނިކުފާނު ނޫން އިތުރު ކެނޑިޑޭޓަކަށް ފުރުސަތު ދޭން ޖެހޭކަމަށް ގިނަ ބަޔަކު ބުނަމުން ދާތީ ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.

ރައީސް ޔާމީނަށް ފުރުސަތު ނެތްކަމަށް ފާހަގަކުރާ ވާހަކަތަކަށް ޕީޕީއެމް އިން ވަކި ޖަވާބެއް ދީފައި ނުވާއިރު، ބާއްވާ ޖަލްސާތަކުގައި އާއި އަދި ނުސްވެރިންގެ ބައްދަވުންތަކުގައިވެސް ތަކުރާރުކޮށް ފާހަގަކުރަމުން އަންނަނީ އަދިވެސް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.

ރައީސް ޔާމީނަށް އިއްވާފައިވަނީ “ހަރާން ހުކުމެއް” ކަމަށް ބުނެ އިދިކޮޅުން އަންނަނީ ރައީސް ޔާމީން މިނިވަން ވާނެކަމަށް ބުނަމުންނެވެ.

ނަމަވެސް ރައީސް ޔާމީން މައްޗަށް އިއްވާފައިވާ ހުކުމް މަތީ ކޯޓުތަކުން ދަމަހައްޓައިފިކަމަށް ވަނީނަމަ ދެން ހައްދަވާނީ ކިހިނެއްތޯ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ ޕީޕީއެމްއިން ކެޑިޑޭޓަކު ނެރޭނެ ވާހަކަ ރައީސް ޔާމީން ވަނީ އިއުލާން ކުރައްވާފައިކަމަށެވެ.

ރަސްމީ ބޮޑު ޖަލްސާއެއްގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ރިޔާސީ ކެޑިޑޭޓު ނުކުންނާނެ ވާހަކަ ރަސްމީ ބޮޑު ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވިކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ބައެއް ބޭފުޅުން ޕީޕީއެމްގެ ޕްލޭން ބީ އެއް ނެތްކަމަށް ވިދާޅުވާތީ އެކަން ނޫސްވެރިޔާ ފާހަގަކުރުމުން ޝުޖާއު ވިދާޅުވީ، ޕީޕީއެމްވެސް އޮތީ ހުރިހާ ހާލަތަކަށްވެސް ތައްޔާރަށްކަމަށެވެ. އަދި ރައީސް ޔާމީންވެސް ހުންނެވީ މިގޮތުގެ މަތީގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮޑި އޮތީ ހަމަ ރަނގަޅަށް ފައްކާކޮށް 2023 ރެޑީ ގައި އަޅުގަނޑުމެން މި ތިބީ

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ރިޝްވަތު ގަބޫލު ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. އަދި މަނާލޯންޑާރ ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހަތް އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. މީގެއިތުރުން ފަސް މިލިޔަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ޖުމްލަ  11 އަހަރުގެ ޖަލުހުމެއް ރައިސް ޔާމީން އަށް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ނަމަވެސް އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔަ ނަމަވެސް އަދި މައްސަލަ އިސްތިއުނާފަށް ހުށައަޅާފައިނުވާކަން ފާހަގަކުރެވެއެވެ. މައްސަލަ އިސްތިއުނާފަށް ހުށަނޭޅިގެން އުޅޭ ސަބަބެއްކަމުގައި ވަކީލުން ފާހަގަކުރަނީ ސަރުކާރުން ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ ރިޕޯޓު ފުރިހަމައަށް ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: