ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 ޕާޓީއިން 5 ރައީސުން ފެނިއްޖެ އެކަކަށްވެސް ގައުމުގެ މައްސަލަތައް ހައްލެއް ނުކުރެވުނު: އުމަރު

އުމަރު ނަސީރު: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ވެރިކަން ހަތަރު ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާނަމަވެސް، ހަވާލުވި އެއްވެސް ވެރިޔަކަށް ދިވެހިރާއްޖޭގެ މިސްރާބު ސީދާކޮށް ދާންވާ ދިމާލަށް ގެންދެވިފައިނުވާކަމަށާއި، އެއީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ކުޑަ މިސާލެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

“އާ މިސްރާބަކަށް އުމަރު 2023” ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން ބަދަލުވެ ހަތަރު ޕާޓީއަކުން 5 ރައީސް އަކުވަނީ ރާއްޖޭގެ ވެރިކަމާއި ހަވާލުވެފައިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ފެންމަތިވަމުންދާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ހައްލު ކުރެވިފައިނުވާކަމަށް އެނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ގެންދަނީ ރާއްޖެއަށް “ކިލޯ ކިލޯ” އިން އެފަދަ ތަކެތި އެތެރެކޮށް މަގުތަކުގައި ވިއްކަމުންކަމަށެވެ.  އަދި ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތި އެ މުއައްސަަސާގެ ތެރެއިން ގެއްލޭކަމުގެ ހަބަރުތައްވެސް މިހާރު ލިބެމުންދާކަމަށް އެނާ ވިދާޅުވިއެވެ. އަދި ގޭންގުތަކުގެ އިސް މީހުން ފޮރުވިގެންތިބެ ކުޑަ ކުދިން މެދުވެރިކޮށް މަސްތުވާތަކެތި ވިއްކަމުންދާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އުމަރުން 15 އަހަރުގެ ކުދިން ގޭންގުތަކާއި ގުޅުމަށްފަހު މަދަރުސާއަށްވެސް ދަނީ ތޫނު ހަތިޔާރު ހިފައިގެންކަމަށެވެ. އަދި ޓީޗަރުންނާއި ހަޑިހުތުރުކޮށް މުއާމަލާތްކޮށް ހަދާކަމަށާއި އެފަދަ އަމަލުތައް ހިންގާ ދަރިވަރުންނާއިމެދު ޓީޗަރުންނަށް ކުރެވޭ ކަމެއްވެސް ނޯންނާނެކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، “ޑޮމޮކްރެސީ ބޮޑު ކަމުން” ޓީޗަރުންނަށް އެޅޭ ފިޔަވަޅެއްވެސް ނެތްކަމަށެވެ. އަދި ގަވައިދާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީއިން ވިޔަފާރިތައް ފަށައި އިގްތިސާދުގެ ތެރޭގައި ޝާމިލުވަމުންދާކަމަށް ފާހަގަކުރައްވާ އެފަދަ ގޮތަށް އަމަލު ކުރެވެނީ އެހެން ގައުމެއްގައި ތޯ އަމަރު ސުވާލު ކުރެއްވިއެވެ.

އުމަރު ވިދާޅުވީ، ދިވެހި މަސައްކަތްތެރިން މަސައްކަތެއް ނަގައި އަގެއް ދީފައިވަނިކޮށް، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީއިން ކުޑަ އަގުގައި އެ މަސައްކަތްތައް ނަގާ ދިވެހިންގެ އަތުން މަސައްކަތްތައް ނަގަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު އިސްލާމީ އަގީދާ ހީނަރުވަމުން އަންނަކަން ފާހަގަކުރެއްވޭކަމަށެވެ. އަދި ދީނަށް ގޮންޖެހުންތައް ކުރިމަތިކުރަމުންދާކަމަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ނޭދެވޭ އަމަލުތައް ހިންގުމަށް މަގުފަހިކޮށް ވިޔަފާރިތައް ހިންގަމުންދާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މާލޭގައި ގިނަ އަދަދެއްގެ ޑްރަގް ކެފޭ ހިންގާކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، މާލެއަކީ 3000 ވަރަކަށް ފުލުހުން ހަރަކާތްތެރިވާ ރަށެއްކަމަށެވެ. އެނާ ވިދާޅުވީ، އިންތިހާބު ކުރެވި ސަރުކާރުތައް އައިސް ގޮސްފައިވާކަމަށެވެ. އަދި ފަސް ރައީސުންވެސް ވެރިކަންކޮށް ނިމިގެންގޮސްފައިވާނަމަވެސް އެންމެ ބޭފުޅަކަށްވެސް މައްސަަލަތައް ހައްލު ކުރެވިފައިނުވާކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: