ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު، މަހިންދަ ރާޖަޕަކްސަ އާއި ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ މިނިސްޓަރު ޝާހިދު މިވަގުތު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.

ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވީ ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ރަނގަޅު މަޝްވަރާތަކެއް މަހިންދަ ރާޖަޕަކްސަ އާއި އެކު ކުރެވުނު ކަމަށެވެ.

މަހިންދަ ރާޖަޕަކްސަ އަކީ ދިވެހި ސަރުކާރާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ޝާހިދު ސްރީލަންކާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ލަންކާގެ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ކުރާ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: