ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އަމާޒު ހިފާފައި މިވަނީ ގުޅުންބޮޑު ދިރުންހުރި އެތެރޭގެ އިގްތިޞޯދެއް އުފެއްދުމަށް: ރައީސް ސާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަމާޒު ހިފާފައި ވަނީ ، ގުޅުންބޮޑު ، ދިރުންހުރި ، އެތެރޭގެ އިގްތިޞޯދެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވާ ދެއްވައި ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސް ސާލިޙް ވިދާޅުވީ  ސަރުކާރުން އަމާޒު ހިފާފައި މިވަނީ ، ގުޅުންބޮޑު ، ދިރުންހުރި، އެތެރޭގެ އިގްތިޞޯދެއް އުފެއްދުމަށް ކަމަށެވެ. އަދި އިޖްތިމާޢީ އިގްތިޞޯދީ އަދި ޢުމްރާނީ ބޮޑު ބަދަލަކަށްޓަކާ އިހަށް ކުރާންޖެހޭ ކަންކަން ދަނީ މިދައުރުތެރޭ ހިންގާ ، ނިންމަމުންކަން ރައީސް ސާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަވާންޖެހޭ ކަމަށާއި މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ މުޅިން ނިމޭނެކަން ރައީސް ސާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ލަފާފުރުމުގެ ދަތިކަން ވެސް މުޅިރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫޢު ދަނީ ހިނގަމުންނެވެ، ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެރަށަކާ އެކަށޭނަ މިންވަރަށް ތަރައްގީކުރެވެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެއެވެ. އަދި 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިއްޖެކަމަށާއި މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއްކަން ރައީސް ސާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި  ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ޙައްލަކީ އިޢާދަ ކުރުވަނިވި ހަކަތައެވެ. އެކަމަށްޓަކާ ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 2 އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ ކަމަށާއި މަޝްރޫޢު ފުރިހަމަ ވުމުން މުޅިރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.  ތެލުގެ ޚަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ އެފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ ކަމަށެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި ކަރަންޓާ، ބަނދަރާ މަގާ، ފެނާ ، ނަރުދަމާ އާރުޓީއެލް އަކީ މުޅިރާއްޖޭގެ އިގްތިޞޯދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގަލެވެ. އެގޮތުން ބަނދަރާ ފެނާ ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ.ފުޅަދޫގަ 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ  7000 ރުފިޔާ ނަމަވެސް ބަނދަރު ނިމި، ފެނާ ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު ،މިއަދު އެބިމުގެ އަގަކީ 15000 ރުފިޔާކަން ރައީސް ސާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި މިހާރު އެކި ރަށްރަށުގާ ކުރިއަށް ގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުން ދިޔަވަރަކަށް ބިމުގެ އަގުއަރާ އިޤްތިޞާދީ ހަރަކާތްތައް ހިނގަން ފަށާނެއެވެ. އަދި އޭގެ މަންފާ ރައްޔިތުންނަށް ކުރާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: