ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެމްބަރުގެ ތެރެއިން މެމްބަރުން ނެރުމުގައި ދިފާއީ ބާރުން ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް

މަޖިލީހުގެ ޗެމްބަރުން މެންބަރުން ނެރުމުގައި އަންހެން ސެކިއުރިޓީއިން ހަރަކާތްތެރިވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރެއިން މެމްބަރުން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ޗެމްބަރ ތެރޭގައި ހަރަކާތްތެރިވީ ގައުމީ ދިފާއީ ބާރުންކަމަށް ދޭހަވާ ގޮތަަށް ބައެއް މީޑީއާތަކުން ރިޕޯޓު ކޮށްފައި ވާތީއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އިއްޔެގެ ޖަލްސާގައި ނަން އިއްވުމުން ޗެމްބަރުގެ ތެރެއިން މެމްބަރުން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރި ނުވާ ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީންކަމަށް ފާހަގަކޮށްފައިވެއެވެ.

އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އިއްޔަ މަޖިލީސް ހުލުވުމަށްފަހު، ރައީސުލްޖުމްހުރިއްޔާއަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއިއެކު، އިދިކޮޅަށް ނިސްބަތްވާ މެންބަރުން ވަނީ އަޑުގަދަކޮށް، މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތްކޮށްފައެވެ. އެއާއިއެކު ރިޔާސަތުން ވަނީ އެފަދައިން އަމަލުކުރި މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުވުމަށް އަންގާފައެވެ. އެ އެންގުމަށް އިދިކޮޅުގެ މެންބަރުން ދެކޮޅު ހެދުމާއިއެކު މަޖިލީހުގެ އަންހެން ސެކިއުރިޓީ އިން ވަނީ މެންބަރުން ނެރުމުގައި ހަރަކާތްތެރިވެފައެވެ. މިކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވާއިރު، މަޖިލީހުން މެންބަރުން ނެރުމުގައި ބައެއް ކަހަލަ ޖިސްމާނީ ގެއްލުންތައް ލިބިފައިވާކަމަށްވެސް އިދިކޮޅު ކޮންގްރެެސް ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މަޖިލީހުގައްޔާއި އެއަށްފަހު އިދިކޮޅުން ކުރި އިހުތިޖާޖުގައި ކަންވެގެން ދިޔަގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެ ޕީޕީއެމް އިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ސާލިހުގެ މި ޢަމަލު އަދި އެ ބޭފުޅުން ޢަމުރަށް ޤާނޫނާއި ޚިލާފު މިޢަމަލުތައް ހިންގި ސިފައިންގެ ޢަމަލުތައް ވެސް އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރިކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: