ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީފާ ކްލަބް ވޯރލްޑް ކަޕް އައިސް ސްޕޯޓްސް އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ހުރިހާ ބައްރުތަކެއްގެ ކަލަބް ޗެމްޕިއަނުން ހިމަނައިގެން ކުޅޭ ފޯރިގަދަ މުބާރާތް “ފީފާ ކްލަބް ވޯރލްޑް ކަޕް”ގެ ސެމީ ފައިނަލް އައި ފައިނަލް މެޗް ރާއްޖޭގައި އައިސް ސްޕޯޓްސް މެދުވެރިކޮށް ދެއްކުމަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ކުޅޭނީ މިދިޔަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަން – ރިއާލް މެޑްރިޑް، އެފްރިކާގެ ޗެމްޕިއަން – އަލް އަޙްލީ، އޭޝިއާގެ ޗެމްޕިއަން – އަލް ޙިލާލް، ނޯތު އަދި ސެންޓްރަލް އެމެރިކާގެ ޗެމްޕިއަން ސިއެޓްލް ސައުންޑަރސް، ސައުތު އެމެރިކާގެ ޗެމްޕިއަން ފްލެމެންގޯ އަދި އޯޝޭނިއާގެ ޗެމްޕިއަން އޯކްލޭންޑް ސިޓީ އާއި މުބާރާތް ހޯސްޓް ކުރާ ގައުމު، މޮރޮކޯގެ ވިދާދް އޭސީ ހިމެނެއެވެ.

މި ފޯރިގަދަ މުބާރާތުގެ ސެމީ އަދި ފައިނަލް މީޑިއާނެޓްގެ ޗެނަލް އައިސް ސްޕޯޓްސް (ޗެނަލް 102) އިން ފެންނާނެއެވެ. އަދި މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް މެޗު ބެލޭނެއެވެ.  ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފެބްރުއަރީ 8 ވަނަ ދުވަހު 00:00 ގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ފްލެމެންގޯ އާއި އަލް ހިލާލް އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅޭނީ ފެބްރުއަރީ 9 ވަނަ ދުވަހު 00:00 ގައި ރިއާލް މެޑްރިޑާއި އަލް އަޙްލީއެވެ. އަދި ފައިނަލް މެޗް އޮންނާނީ ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ 00:00 ގައެވެ.

މީޑިއާނެޓަކީ އަބަދުވެސް ދިވެހިން ގަޔާވާފަދަ, ދިވެހިން ތެރޭގައި މަޝްހޫރު ކުޅިވަރުގެ މުބާރާތްތަކާއި ތަފާތު މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޔެކެވެ. އެގޮތުން މީޑިއާނެޓުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: