ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީލަމުގެ މައްސަލައެއްގައި، އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުން މަޑުޖައްސާލަން އަންގައިފި

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ކުރި އިއުލާނުގެ ދަށުން ކުރިޔަށް ގެންދިޔަ ޓެންޑާރ މަރުހަލާގައި ބިޑު ޑޮކިއުމަންޓާއި ހިލާފަށް ބިޑުތައް އިވެލުއޭޓުކޮށް، މަސައްކަތް ވަކި ފަރާތަކަށް ހަވާލު ކުރުމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށްދޭން އެދި މީޑިއާނެޓުން ހުށަހެޅި މައްސަލައެކެވެ. މަސައްކަތް ހަވާލުކުރީ ދައުލަތުގެ މާލިއްޔަތު ގަވައިދާއި ހިލާފަށް، ބީލަން އިވެލުއޭޓުކޮށް ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް އުނި އިތުރު ގެނެސްގެން ދީފައިވާ ޕޮއިންޓުތަކުގެ މައްޗަށް ބިނާކޮށްކަމަށް މައްސަލައިގައި ވެއެވެ.

މައްސަލައިގައި ބުނެފައި ވަނީ ޗެނަލްތައް ބަދަލު ކުރެވޭނެ އުސޫލެއް ވެސް ކަނޑައަޅާފައި ވަނީ އެއްވެސް ހަރުދަނާ އުސޫލެއް ނެތި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށެވެ.

އެހެންވެ، މީޑިއާނެޓުން އެދުނީ ޓެންޑާރ ބާތިލުކޮށް ބީލަން ހުށަހަޅާ ފަރާތަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އަލުން އިއުލާނުކޮށްގެން މަސައްކަތް ކުރިޔަށް ގެންދިއުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

މީޑިއާނެޓުން ވަނީ މައްސަލައިގައި ފައިސަލާ ކުރުވަނި ނިންމުމެއް ނިމެންދެން އެ މަސައްކަތް އެއްވެސް ފަރާތަކާއި ހަވާލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.

މައްސަލައިގައި މީޑިއާނެޓުން ބުނީ އަލުން އިޔާދަކޮށްގެން ކުރިޔަށް ގެންދަން ޖެހޭ ހާލަތުގައި ވަގުތީ އަމުރު ނެރެދީފައި ނުވާނަމަ ޕްރޮޖެކްޓު އަލުން އިއުލާނު ކުރުމުގެ ފުރުސަތު ގެއްލި، ކުންފުންޏަށް ޕްރޮޖެކްޓު ކާމިޔާބު ކުރުމަށް އޮތް ފުރުސަތު ގެއްލި، ޕްރޮޖެކްޓާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، ހައްގުތަކުން މަހުރޫމްވާއިރު އެއީ އިޔާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ކަމަށެވެ.

އޭގެ ސަބަބެއްކަމަށް މީޑިއާނެޓުން ބުނީ ވަގުތީ އަމުރެއް ނުނެރެފިނަމަ، އާއްމު އިޖުރާއަތުގެ ތެރެއިން މައްސަލަ މައުޟޫއީ ގޮތުން ކުރިޔަށް ގެންގޮސް ހުކުމް ކުރުމުގެ ކުރިން އެހެން ފަރާތްތަކަށް މަސައްކަތް ހަވާލުކޮށް މަސައްކަތް ފަށައިފި ނަމަ، ދައުވާގައިވާ ގޮތަށް ހުކުމް ކުރާ ހާލަތުގައި ވެސް އެ ތަންފީޒު ކުރުމުގެ އިހްތިމާލް ގެއްލޭނެ ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ ނެރެދިނުމަށް ހުށަހަޅާފައިވާ އަމުރަކީ ނެރެދޭން ޖެހޭ އަމުރެއް ނޫން ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭ ސަބަބުތަކުގެ ތެރޭގައި މީޑިއާނެޓަށް ގާނޫނީ ގޮތުން ހިމާޔާތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެގެން ނުވާކަމަށް ބުންޏެވެ.

މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ބިޑު ކޮމިޓީން އަލުން ދިރާސާކޮށް، 14 ޖެނުއަރީ 2021 ގައި ބިޑު ކޮމިޓީގެ ޖަލްސާއިން ނިންމުން ރަނގަޅުކަމަށާއި އެ ނިންމުން ބަދަލު ކުރާނެ ސަބަބެއް ނެތްކަން 28 ޖެނުއަރީގައި ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

މުސްތަގިއްލު ރިވިއު ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން އިއުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުގެ ބިޑު ޕްރޮޕޯސަލް އަކުން އިވެލުއޭޓު ކުރުމަށް އެންގުމުން މުސްތަގިއްލު ރިވިއު ކޮމިޓީން ނިންމައި ބިޑު ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާ އާއި އެއްގޮތަށް 110 އިންސައްތައިން މާކްސް ދިނުމަށް ފަހު ލިބޭ މާކްސް 100 އިންސައްތައަށް ބަދަލުކޮށް ބިޑު އިވެލުއޭޝަން ރިޕޯޓު ތައްޔާރު ކުރުމަށްފަހު މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމަށް، މުސްތަގިއްލު ރިވިއު ކޮމިޓީން ނިންމުމުން އެއާއި އެއްގޮތަށް އަލުން މާކްސް ދިން ކަމަށެވެ. އެގޮތުން ޕާޓް-1 އަދި ޕާޓް-3 އަށް ދިރާގަށް 86.36 އިންސައްތަ ޕޮއިންޓު އަދި މީޑިއާނެޓަށް 82.34 އިންސައްތަ ޕޮއިންޓު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ސައްހަ ނޫން ބިޑެއް ހުށަހެޅި ފަރާތަކަށް ބޮޑު ހަވާލުކުރިކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ޝަކުވާ ބަލައި، އެ ކޮމިޝަނުން ނިންމީ ބިޑު ކޮމިޓީން ޑޮކިއުމަންޓާއި ހިލާފުވިކަމަށް ނުފެންނަކަމަށް އަދި ވަކި ފަރާތަކަށް ނާޖާއިޒު ފާއިދާއެއް ލިބިފައިވާކަން އެނގެން ނެތްކަމަށް ބަލައި، އެ ޝަކުވާ ތަހުގީގި ނުކުރުމަށްކަން ހުކުމުގައި ވެއެވެ.

މި އިއުލާނަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ އިންސްޓޮލޭޝަންތަކާއި، މަނަވަރުތަކުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭން ކުރި އިއުލާނެއްކެވެ. މިއީ މިހާރު ވެސް މީޑިއާނެޓުން ފޯރުކޮށްދޭ ހިދުމަތަކަށްވާއިރު، އިއުލާނު ކުރީ މުއްދަ ހަމަވުމުން ކުރިޔަށް އޮތް ތިން އަހަރު ދޭނެ ފަރާތެކެވެ.

މީގެ އިތުރުން ހުކުމުގައި ބުނީ މީޑިއާނެޓުން ބަޔާންކުރާ މައުޟޫއީ ހައްގަކީ، ކުރެވުނު އިއުލާނާއި މައުލޫމާތު ކަރުދާހުގެ މައްޗަށް ބަލައި ބިޑު އިވެލުއޭޓު ކުރުމުގައި އަމަލު ކުރިގޮތުގެ މައްޗަށް އުފައްދާ ހުސޫމަތެއްކަމަށެވެ. އަދި ދައުވާ ބިނާކުރި އަސާސްތަކާއި ހުށަހެލުނު ކަންކަމަށް ބަލައި މީޑިއާނެޓަށް ބިޑު ކާމިޔާބު ނުވީ މާކްސް ދިނުމުގައި ކުރިން ބަޔާންކޮށްފައި ނެތް މިންގަނޑެއް އެކަށައަޅައިގެންކަމަށް ބުނާތީ އެކަމަކީ ކޯޓުން އެކަމާއި މެދު ގޮތެއް ނިންމަން ޖެހޭ މުހިންމު ނުކުތާއެއް ކަމަށެވެ.

މީޑިއާނެޓުން މައްސަލަ ހުށަހެޅީ، ބީލަން ކާމިޔާބު ކުރުމުގެ ފުރުސަތު ނެތީ ބޮޑު އިވެލުއޭޓު ކުރިގޮތުގެ ސަބަބުންކަމަށް ބަޔާންކޮށްކަމަށްވާއިރު ދެ ފަރާތުން ވެސް ހުށަހެޅި ނުކުތާތަކަށް ބަލާއިރު ދައުވާގެ މައުޟޫއަށް ނިސްބަތް ކުރެވޭ އަދި ހިމާޔަތް ލިބެންޖެހޭ ފަދަ ގާނޫނީ އުސޫލުތަކެއް ހުށަހެޅިފައިވާ ކަމަށެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، އެފަދަ އަމުރެއް ނުނެރެއްޖެނަމަ މީޑިއާނެޓަށް ލިބޭނެ މާލީ ގެއްލުންތައް ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށާއި، އަދި އެފަދަ އަމުރަކާ ނުލައި ކޯޓުން މައްސަލާގައި ކުރާ ހުކުމުގެ މަގުސަދު ހާސިލު ނުވާނެ ކަމަށެވެ.

އަމުރު ނެރުނު ކަމުގައިވީ ނަމަވެސް އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ޖިދުމަތް މެދުކެނޑޭނެ ކަމަށް ނުބެލެވޭ ކަމަށް އަމުރުގައި ވެއެވެ.

މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލަ ނިމެންދެން ކޭބަލް ޓީވީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެއްވެސް ނުކުރުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށެވެ.

އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކުރީ 2020 ވަނަ އަހަރު އެވެ.

ފަހަކަށް އައިސް، ހަވާލުކުރާ މިފަދަ ބިޑުތަކައި ގުޅޭ ގިނަ މައްސަލަތަކުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއާއި ކޯޓުތަކަށް ހުށަހަޅަ އެވެ. އަދި ކޯޓުތަކުން ވަގުތީ އަމުރު ނެރެދީފައި ވެއެެވެ. އެގޮތުން އެންމެ ފަހުން ނެރުނު އަމުރަކީ ހދ. ހަނިމާދޫގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރެވެ.

އޭގެ ފަހުންރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ދައުލަތަށް 150 މިލިއަން ރުފިޔާއިން ގެއްލުންވާ ގޮތަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ހައިކޯޓުން ނިންމީ، ބިޑު ނާކާމިޔާބުވި ފަރާތުން އެދުނުގޮތަށް މަޝްރޫއު މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެ ނުދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: