ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަބާއޯ ކަޕްގެ ފޯރިގަދަ ފައިނަލް މެޗް ހަމައެކަނި މީޑިއާނެޓުން!

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގައި 26 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު މިމެޗު ބަލާލުމަށް ސްޓްރީމްކުރާނެ ލިންކެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ.

މާދަމާ ރޭ 9:30 ގައި ފަށާ މިމެޗު މީޑިއާނެޓުގެ އައިސް ސްޕޯރޓްސް ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ލައިވްކޮށް ޓީވީ އަދި މީޑިއާނެޓުގެ ފޯނު އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކަރަބާއޯ ކަޕްއަކީ 1960 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޒަމާންވީ ފުޓުބޯޅަ މުބާރާތެކެވެ. ޕްރިމިއަރ ލީގު އަދި އެފް އޭ ކަޕާއެކު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑު ތިން މުބާރާތްތެރޭގައި ހިމެނޭ ކަރބާއޯ ކަޕަކީ ޖުމްލަ 92 ޓީމު ނޮކްއައުޓް އުސޫލުން ވާދަކުރާ މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެއްގޮތުގައި ފާހަގަކޮށްލެވެނީ މުބާރާތް 9 ފަހަރު ކާމިޔާބުކޮށްފައިވާ ފާއިތުވި 2022 ވަނަ އަހަރުގެވެސް ޗެމްޕިއަން ޓީމް ލިވަރޕޫލްއެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑުންވަނީ މިމުބާރާތުގެ ފައިނަލުގައި 9 ފަހަރު ވާދަކޮށްފައެވެ އަދި ނިއުކާސަލްވަނީ 1 ފަހަރު މިމުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. ދެޓީމުންވެސް އަންނަނީ މިމެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

މި ފޯރިގަދަ މެޗު މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ގެނެސްދޭއިރު އިތުރު ފުޓުބޯޅަ މުބާރާތްތަކުގެ މުހިއްމު މެޗުތައް މިފަހަރު އައިސްގެ ޗެނަލްތައް މެދުވެރިކޮށް ފެނިގެންދާނެ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ. އެގޮތުން ސްޕެނިޝް ކޮޕަ ޑެލްރޭ ސެމީ ފައިނަލް އަދި ފައިނަލް މެޗުވެސް މިފަހަރު މީޑިއާނެޓު ކަސްޓަމަރުންނަށް ލައިވްކޮށް ޓީވީ އަދި ފޯނުން އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ފައިނަލްގާ ކުޅޭ ޓީމުތަކާ ބެހޭ މައުލޫމާތު

މެންޗެސްޓަރ ޔުނައިޓެޑް

މިވަގުތު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ފޯމުގައި އޮތް ޓީމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ޖަވާބަކަށްވާނީ ޔަގީނުންވެސް މެންޗެސްޓަރ ޔުނައިޓެޑްއެވެ. މިވަގުތު ޕްރިމިއަރ ލީގު ޓޭބަލްގެ 3 ވަނައިގައި ޔުނައިޓެޑް އޮތް އިރު ޔޫރޮޕާ ލީގުގެ ނޮކްއައުޓް މެޗުގައި ސްޕެއިންގެ ވަރުގަދަ ބާސެލޯނާ ވަނީ މިޓީމު އަތުން ބަލިވެފައެވެ.

ދުނިޔޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޫކޮށް ދިޔަފަހުން، މިޓީމު ފެންނަނީ އިތުރަށް ވަރުގަދަކޮށެވެ. އެގޮތުން ލީގުގައި މިހާތަނަށް 14 ގޯލު ޖަހާދީފައިވާ އިނގިރޭސި ފޯވަޑް މާރކަސް ރަޝްފޯޑު އަދި ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ބްރޫނޯ ފެނާންޑޭޒް ފާހަގަކޮށްލެވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ ސެމީގައި ނޮޓިންގްހަމް ފޮރެސްޓް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. މެންޗެސްޓަރ ޔުނައިޓެޑުންވަނީ މީގެކުރިން 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.

ނިއުކާސަލް ޔުނައިޓެޑް

ނިއުކާސަލްއިން އަންނަނީ މިސީޒަނުގައި އާދަޔާ ޚިލާފް މޮޅުކުޅުމެއް ދައްކަމުންނެވެ. ފާއިތުވި އެތައް އަހަރެއްތެރެއިން މިއީ ނިއުކާސަލްގެ އެންމެ ކާމިޔާބު ސީޒަންކަން ޔަގީނެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސައޫދީ ވިޔަފާރިއަކުން ކްލަބް ގަނެފައިވާއިރު އެއަށްފަހު މުހިއްމު ކުޅުންތެރިންތަކެއްވަނީ ޓީމު ވަރުގަދަ ކުރުމަށް ގެނެއްސައެވެ. އަދި ކްލަބުގެ ކޯޗު އެޑީ ހަވީ ފާހަގަކޮށްލެވެނީ މިވަގުތު ތިބި ޒުވާން ކޯޗުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ކޯޗުގެ ގޮތުގައެވެ.

ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ބަލާއިރު ގޯލް ކީޕަރު ނިކް ޕޯޕް، ޑިފެންސްގައި ކުޅެމުން އަބަދުވެސް އެޓޭކްތަކުގައި ބައިވެރިވަމުން އަންނަ ޓީމުގެ ކެޕްޓަން ކެއިރަން ޓްރިޕިއާ އަދި ގޯލާއި ރައްޓެހި ފޯވަޑް  މިގުއެލް އަލްމިރޮން ފާހަގަކޮށްލެވެއެވެ. ނިއުކާސަލް މީގެކުރިން މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަމައެކަނި 1976 ވަނަ އަހަރުއެވެ. އެފަހަރު އެޓީމު ވަނީ ފައިނަލުގައި ބަލިވެފައެވެ.

މީޑިއާނެޓަކީ އަބަދުވެސް ދިވެހިން ގަޔާވާފަދަ, ދިވެހިން ތެރޭގައި މަޝްހޫރު ކުޅިވަރުގެ މުބާރާތްތަކާއި ތަފާތު މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޔެކެވެ. އެގޮތުން މީޑިއާނެޓުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: