ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ގާސިމްގެ ރަނުގެ ފުރުސަތު. އިބޫގެ ފަހަތަށް ނާރާނެކަން 100 ޕަސެންޓް ޔަގީން: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީޟް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަހަތްޕުޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެއަށް ނިސްބަތްވާ މަޖިލީހުގެ ކުރީގެ މެމްބަރުންނާ އަދި ގައުމީ މަޖިލީހުގެ މިހާރާއި ކުރީގެ މެމްބަރުން ތިއްބަވާ ވަޓަސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބަކީ ގާސިމްގެ ރަނުގެ ފުރުސަތު ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްގެ ފަހަތަށް ގާސިމް ނާރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަތަކަށް ރައްދު ދެއްވައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ 2008 ވަނަ އަހަރު ގާއިމް ކުރެވުނު އެމްޑީޕީގެ ސަރުކާރާއިއެކު ގާސިމް އިބްރާހިމް ކޯލީޝަން ހައްދަވައިގެން ކުރެވުނީ ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް އޭރު ހެއްދެވި ކޯލިޝަންގެ ހަނދާން އައު ކޮށްދެއްވާފައެވެ.

ޝަރީފްގެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ގާސިމް އިބްރާހިމްއަށް ތާއިދު ކުރުމަށް މީގެކުރިން އެމްޑީޕީގެ ގައުމީ މަޖިލީޙުން ގަރާރެއް ވެސް ފާސްކޮށްފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ޝަރީފަށް އެނގިވަޑައިގަންނަވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްގެ ފަހަތަށް ގާސިމް އަރާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަތަކަށް ރައްދު ދެއްވުމުގެ ގޮތުން ޝަރީފް ވިދާޅުވީ މިފަހަކަށް އައިސް ރައީސް ނަޝީދު ސިޔާސީ ގޮތުން ދައްކަވާ ވާހަކަފުޅުތައް ދިމާނުވާ ކަމަށެވެ. އެގޮތުން މިފަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ކަން ވެގެން ދިޔައީ އެގޮތަށް ނޫން ކަމަށް ވިދާޅުވެ ޝަރީފް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ހިއްސާ ކުރައްވާފައެވެ.

ޝަރީފްގެ ވާހަކަތަކަށް ފަހު ރައީސް ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވީ ރައީސް ސާލިޙްއާއެކު ތިއްބެވި މެމްބަރުންނަށް ރައީސް ސާލިޙަށް އޮޅުވާލެވިދާނެ ކަމަށާއި ނަމަވެސް ރައްޔިތުން ދެކޭ ގޮތާއި ދައްކާ ވާހަކަ ވަރަށް ވެސް ތަފާތު ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ޕްރައިމަރީ ތެރޭގައި ވެސް ރިޔާސީ އިންތިހާބަށް ރައީސް ސާލިޙް ނިކުމެ ވަޑައިގެންފިނަމަ ލިބިވަޑައިގަންނަވާނެ ވޯޓުގެ ޕަސެންޓް ހާމަކޮށްފައި ވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ނަޝީދު ނިންމެވީ ރައީސް ސާލިޙްގެ ފަހަތްޕުޅަސް އެރުމުގެ ބަދަލުގައި އެމަނިކުފާނު ޕްރޮމޯޓް ކުރައްވާ “ފިކުރެއްގެ ދިރުން” ނަމުގައި ގޮތްޕެއް އުފައްދަވާ އެ ގޮފިން ކެނޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސާލިޙް ކާމިޔާބު ކުރެއްވުމަށް ކޯލީޝަނެއްގެ ތެރެއިން އިންތިހާބަށް ނިކުމެވަޑައިގަތުމަށް ރައީސް ސާލިޙް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: