ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާއި ހިލާފަށް ތިލަފުށިން ވިއްކާ ބިންތައް ރައީސް ޔާމީންގެ ސަރުކާރެއްގައި އަތުލާނެ: ޝުޖާއު

ޕީއެންސީގެ ނައީބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާއި ހިލާފަށް ތިލަފުށިން ވިއްކާ ބިންތައް ރައީސް ޔާމީންގެ ސަރުކާރުގައި އަތުލާނެކަމަށް އިދިކޮޅުގެ އިސް ސަފުގައި ހަރަކާތްތެރިވާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދާމް ޝަރީފް އުމަރު ބިލެއް ހުށައަޅުއްވާފައިވީ ނަމަވެސް އެ ބިލު ވަނީ ބޭރުކޮށްލާފައެވެ. އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގްރޭޓާރ މާލޭގެ ގޮތުގައި ބެލެވޭ ތިލަފުއްޓަކީ ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ތަރައްގީ ކުރަމުން އަންނަ ދިވެހިރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކުރެވިފައިވާ ރަށެއްކަމަށެވެ.

އެނާ ވިދާޅުވީ، ބިމުގެ ދަތިކަން މާލޭ ސަރަހައްދުގައި ހުރި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ އިރު، ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުމުން ދިވެހި ވިޔަފާރިވެރިންނަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ. އަދި އެކަމުގެ އަސަރުތައް ދިވެހި އިގްތިސާދަށްވެސް ކުރާނެކަމަށާއި ބިން ގަތުމުގެ ވާދަވެރިކަމުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިދޭސީންނާއި ވާދަ ކުރަންޖެހޭނެ އުސޫލެއް އޮތުމުން ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބިދޭސީންނަށް ލިބިގެންދާކަމަށް އެނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ވަގުތީ މަންފާއެއް ހޯދުމަށް ނުވަތަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ބިދޭސީންނަށް 99 އަހަރަށް ނުއަގުގައި ބިން ވިއްކުމުން ނޭދެވޭ އަސަރުތައް ކުރާނެކަމަށްވުމުން އެކަން ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާފައިވާކަން ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފައިވަނިކޮށް ޓުވީޓެއްކުރައްވާ ޝުޖާއު ވިދާޅުވީ ބޭރު މީހުްނނަށް ގަވާއިދާއި ހިލާފަށް ތިލަފުށިން ވިއްކާ ބިންތައް އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރެއްގައި އަތުލާނެކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ބިމުން ވެލިފުކެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުލިބޭނެކަމަށެވެ. އަދި އެކަން ކުރުމުގެ ފުރުސަތު ނުލިބޭނެކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: