ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިކެޓު ހަވާލު ކުރުމުގައި ބައިވެރިނުވުމަކީ ރައީސް ނަޝީދު ހިންގި ހުތުރު އަމަލެއް: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިނުގެންނެވި މައްސަލައިގައި މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެވިފައިވާއިރު، އެމްޑީޕީގެ ތެރޭގައިވަނީ ބޮޑެތި މައްސަލަތައް އުފެދިފައެވެ. ރައީސް ނަޝީދުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް ކޯޓަށް ހުށައަޅާފައެވެ. އަދި އެމަނިކުފާނާއި ތާއީދު ކުރައްވާ ފަރާތްތައް ރައީސް ސާލިހަށް ޓިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޮއިކޮޓު ކޮށްފައިކަމަށްވެސް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ އަމަލުތައް ބައްޓަން ކުރެވިފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ޝަރީފް ވިދާޅުވީ، ޑިކޮމްރެސީގެ ރީތި ހަމަތައް ގަބޫލު ކުރާ ކޮންމެ މީހަކުވެސް އިންތިހާބެއްގައި ލިބިގެންދާ ނާކާމިޔާބީވެސް ގަބޫލު ކުރާނެކަމަށެވެ.

އެނާ ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެނޑިޑޭޓުކަމަށްވާ ރައީސް ސާލިހަށް ޓިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިނުގެންނެވުމަކީ ހިންގެވި ދެރަވަރު އަދި ހުތުރު އަމަލެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގައިވެސް ރައީސްގެ މަގާމާއި އެހެނިހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕާޓީ ކުރިއެރުވުމަށާއި ޕާޓީއަށް ވެރިކަން ހޯދައިދެއްވުމަށް މަސައްކަތްކުރައްވަން ވާނެކަމަށެވެ. އަދި އެ ނޫން ގޮތަކަށް ކަންކަން ކުރުމަށް އެއްވެސް ޕާޓީއެއްގެ އަސާސީ ގަވައިދު ތަން ނުދޭކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބުއްޅަބެދެކެ ބަޔަކު ހިތާވެގެންއުޅުނަސް އެއީ އުޅޭމީހެއް ކަމަކަށްވެސް އަހަރުމެން ހިތަކަށް ނާރާ. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. ލިވާތުކޮށް މަސްތުވެ ދީނަށްފުރައްސާރަކޮށް މަރުވުމުގެކުރިން ކުރެވުނު ހުރިހާނުބައިކަމެއްކުރުމަށް އެފިކުރު ދިރުވާކަށް އަހަރުމެން ބޭނުމެއް ނުވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: