ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީއިން އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ނިންމުމުން ރައީސްގެ މަރުހަބާ!

ރައީސް ސާލިހު އަދި މިނިސްޓަރ އިމްރާން - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަށް ދެވަނަ ދައުރެއް ހޯދައިދިނުމަށްޓަކައި އެމްޑީޕީއާއި ގުޅިގެން މަސައްކަތް ކުރައްވަން އަދާލަތު ޕާޓީއިން ނިންމެވުމުން އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ޝުކުރު ދަންނަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސް ސާލިހް އަށް ތާއީދުކުރުމަށް ނިންމުމާއި ގުޅިގެން ޓުވީޓެއްކުރައްވާ ރައީސް ސާލިހު ވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް މަރުޚަބާއާއި ޝުކުރުދަންނަވާފައެވެ. އަދި އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް  ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ދަޢުވަތު ޤަބޫލުކުރައްވައި ވެރިކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީއާ އެކުގައި ދެމިތިބުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމަށް އެމްޑީޕީއިންވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. 2018 ގައި އުފެދުނު އެމްޑީޕީގެ މި ވެރިކަމުގައި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި އިޚްލާސްތެރިކަމާއެކު ސަރުކާރަށް އެއްބާރުލުންދީގެން މިހާތަނަށް ދެމިތިބިކަމަށްޓަކައިވެސް އެމްޑީޕީއިން ވަނީ އަދާލަތު ޕާޓީއަށް ޝުކުރު އަދާކޮށްފައެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ޤައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެވޭނީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް އަދާލަތު ޕާޓީން ޤަބޫލުކޮށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމަކީ ޤައުމާއި ރައްޔިތުންނަށްޓަކައި ހަރުދަނާ ނިންމުމެއް ކަމަށް އެމްޑީޕީއިން ވަނީ މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ފާހަގަކޮށްފައެވެ.

މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ވަނީ އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: