ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އިން ފޭސް ދެއެއްގައި ރޯދަމަހަށް ހާއްސަ ފިހާރައެއް ހުޅުވަނީ

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު: ފޮޓޯ/އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި އެހެންކަމުން އެ ކަން ހައްލު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ދުވަސްވަރަށް ހާއްސަ ކޮށްގެން ފިހާރައެއް ހުޅުވުމަށް ކަނޑައެޅިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން އިއުލާނުކޮށްފައިވާގޮތުން، ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތަށް ބަންދު ކޮށްފައިވުމާއިއެކު އެ ކުންފިން އެތެރެ ކުރާ މުދާ ރޯދަ މަހުގެ ތެރޭގައި ހޯދުމުގެ ދަތިތަކާއި ކުރިމަތިވެދާނެ ކަމުގެ ޝަކުވާތައް ލިބިފައިވެއެވެ. އަދި ހިއްސާ ކޮށްފައިވަނީ މުހިންމު ކަންބޮޑުވުމެއްކަމަށް ބަލައިގަންނަކަމަށާއި އެހެންކަމުން ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ހުޅުމާލޭގެ ފޭސް ދެއެއްގައި ހުންނަ ވިނަރެސް ފްލެޓު ތިރީގައި ރޯދަމަހަށް ހާއްސަކޮއްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެެއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުން، އެ ކުންފުނިން ދަނީ ފިހާރަ ހުޅުވުމުގެ މަސައްކަތްތައް ބާރު ރޭޓެއްގައި ކުރަމުންނެވެ. އެހެންކަމުން މާޗު މަހުގެ ނިޔަލަށް ފިހާރަ ހުޅުވޭނެކަމަށް އަންދާޒާ ކުރެވޭކަމަށާއި، ފޭސް ދެއެއްގައި ހުޅުވާ ފިހާރައަކީ ހޯލް ސޭލް އަދި ރީޓެއިލް ހިދުމަތްވެސް ލިބޭނެ ފިހާރައެއްކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، މި ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެ ކުރާ ބާވަތްތަކުގެ މުދާ ލިބެން ހުންނާއެވެ. އަދި ރޯދަމަހަށް ހާއްސަކޮށް އެތެރެ ކުރާ ފިޔާ، އަލުވި، އަދި ބިސްވެސް އެ ފިހާރައިގައި ލިބެން ހުންނާނެކަމަށް ބުނެފައިވާއިރު، އެ ތަކެތީގެ ސްޓޮކް މާޗު މަހުގެ ތެރޭގައި ލިބޭނެކަމަށް ފާހަގަކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުން، އެ ކުންފުނިން ވަނީ އަގުތައް ހިފެހެއްޓުމަށްޓަކައި ހުސްވިޔަ ނުދީ މުދާ ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: