ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އެއަރޕޯޓް މަޝްރޫއުގައި އާދިއްތަ ދުވަހު ސޮއިކުރަނީ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓާސް ކުންފުންޏާއެކު މާޗްމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހޅުއްވާފައިވާ ސްޓްރެޓިޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީ ޕޯޓް ޕްރައިވެޓައިޒްކުރުމަށް ގޮވާލާ ގަރާރުގެ ބަހުސްގައި ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ހިންގާ ގަން އެއަރޕޯޓަކީ މިހާރުވެސް ޕްރައިވެޓައިޒް ކޮށްގެން ހިންގާ އެއަރޕޯޓެއް ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 28.5 މިލިއަން ޑޮލަރުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން މި މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހފައިވާ ކަމަށެވެ.

އައްޑޫ އެއަރޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. އަސްލަމް ވިދާޅުވީ އައްޑޫ އެއަރޕޯޓްގައި ގިނަ ހިދުމަތްތަކެއް މިހާރުވެސް ގާއިމުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިންފްލައިޓް ކޭޓާރިން ސާވިސް ފަދަ ހިދުމަތްތައް ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: