ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ގްރޫޕް އިން އެމްޑަބްލިޔުސީ ގައި ބައިވެރިވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެއިންގެ ބާސެލޯނާގައި ބާއްވާ މި އަހަރުގެ އެޑިޝަންގައި ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ގައި އުރީދޫ ގްރޫޕުން ބައިވެރިވާނެކަން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ ކަނެކްޓިވިޓީ އިވެންޓް ކަމަށްވާ މިއަހަރުގެ މޮބައިލް ވޯލްޑް ކޮންގްރެސް 27 ފެބްރުއަރީ 2023 ގައި ފެށިފައިވާއިރު، 2023 މާރޗް 2 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯނާގެ ފިރާ ގްރާން ވިއާގައި ކުރިއަށްދާނެއެވެ.

މިއަހަރުގެ މުހިންމު ތީމްތަކަކީ 5ޖީ އެކްސެލެރޭޝަން؛ ރިއަލިޓީ+؛ އޯޕަންނެޓް؛ ފިންޓެކް؛ އަދި ޑިޖިޓަލް އެވަރިތިންގް އެވެ.

އުރީދޫ ގްރޫޕާއި ދުނިޔޭގެ އޮޕަރޭޓިން ކުންފުނިތަކުގެ އުރީދޫގެ މަންދޫބުންގެ ވަފުދެއް މި މުހިންމު ތީމްތަކުގެ ތެރެއިން ފޯރިގަދަ އެތައް ތަރައްގީތަކެއްގެ ވިސްނުން ހިއްސާކުރާނެ އެވެ.

މޮބައިލް ވޯލްޑް ކޮންގްރެސް 2023 ގައި އުރީދޫން ބައިވެރިވުމަކީ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ ތެރޭގައި އިނޮވޭޝަން އަދި ޓެކްނޮލޮޖީ ލީޑަޝިޕަށް އެކުންފުނިން ޒަމާނުއްސުރެ ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާ ކަމެކެވެ.

މި ހަރަކާތުގައި ބައިވެރިވާ އުރީދޫގެ އިސް މަންދޫބުންގެ ވަފުދުން ސިނާއަތާއި ދުނިޔޭގެ މަޝްހޫރު ގިނަ ޕާޓްނަރުންނާ ބައްދަލުކޮށް ސިނާއަތާއި ސްޓޭކްހޯލްޑަރުންނަށް އަސަރުކުރާ މައްސަލަތަކުގައި މަތީ ފެންވަރުގެ މަޝްވަރާތަކުގެ އިތުރުން އާ ޕާޓްނަޝިޕްތަކާއި ވިޔަފާރީގެ ގުޅުންތަކުގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: