ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފު ރަސްކަލެއްހެން ބާރަށަށް ގޮސް ދަނޑެއް ހަދަން ބުނެ ދޮގުހެދުމަށްފަހު ހަބަރެއް ނުވޭ: ޝުޖާއު

ބާރަށު ދަނޑު ސަރަހައްދު: ފޮޓޯ/ އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްކަލެއްކަމަށް ހެދިވަޑައިގެން ބާރަށް ވަޑައިގެން ދަނޑެއް ބިނާކޮށްދެއްވާނެކަމަށް ވިދާޅުވުމަށްފަހު، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު އެ މަސައްކަތްތައް ނުކުރައްވާކަމަށް ފާހަގަކޮށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ބާރަށަށް ވަޑައިގެން ޝުޖާއު އެ ރަށުގެ ދަނޑު ބިނާކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ބާރަށު ޒުވާނުން ތިބީ ސަރުކާރާއިމެދު އިންތިހާއަށް ނުރުހުންވެފައިކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު މަހުލޫފް އެރަށަށް ވަޑައިގަތީ ރަސްކަލެއްގެ ގޮތުގައިކަމަށެވެ.

ޝުޖާއު ވިދާޅުވީ، މިނިސްޓަރު ވަޑައިގެން ޑްރޯން ފަދަ ތަކެތި ބޭނުންކުރައްވައިގެން އެ ރަށުގެ ފޮޓޯ ނެންގެވިކަމަށެވެ. އަދި އެ ރަށުން ފަރިއްކުޅުއްވައި ކަންކަން ކުރެއްވިކަމަށާއި، އެހެންނަމަވެސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެ މިނިސްޓަރު އިތުރުފުޅު ހެއްދެވިކަމަށާއި، އެ ރަށުން ވަޑައިގެނެންވުމަށް ފަހު މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް ހަބަރެއް ވެވަޑައިގެންފައިނުވާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ދަނޑެއް ބިނާކުރައްވާނެކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި ސަރަހައްދުގެ ފޮޓޯއެއް ހިއްސާކުރައްވާ، އެއީ ޖަންގައްޔެއްތޯ ޝުޖާއު ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ބިނާކޮށްދެއްވި ފުޓްސަލް ދަނޑަށް ވުރެ ބޮޑު ދަނޑެއް ބިނާކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވިކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތުގެ ހާލަތު އޮތް ގޮތް ފެނިގެންގޮސްފައިވާކަމަށާއި، އެ ފަދަ ގޮތަކަށް ކަންކަން އޮތް އިރު، ސަރުކާރަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބާއިމެދު އެނާ ސުވާލު އުފެއްދެވިއެވެ. ޝުޖާއު ވިދާޅުވީ، ހައްލަކީ ރައީސް ޔާމީންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: