ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތް ކޯލިޝަނަށް ވެރިކަން ލިބޭނެކަމަށް ރައީސް ވެސް ގަބޫލު ނުކުރާނެ: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތް ކޯލިޝަނާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމެބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި ރައީސް ސާލިހުގެ ކޯލިޝަން ދައުވަތު ބަލައިނުގަންނަކަން ހާމަކުރުމާއިއެކު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒަހީރުވަނީ މިހާރު އޮތް ކޯލިޝަނާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

އޭނާ އަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ އާއި އެކު ހެދިފައިވާ ކޯލިޝަނަކީ އިންތިހާބު ކާމިޔާބު ކުރެވޭ “ސައިޒު” ކޯލިޝަނެއްކަމަށް ހުދު ރައީސް ސާލިހުވެސް ގަބޫލު ނުކުރައްވާކަމަށެވެ.

ވަހީދު ވަނީ، އަދާލަތު އަދި އެމްޑީއޭ އިންވެސް ކޯލިޝަން ހަދަން ނިންމުމާއިކު އެ ޕާޓީގެ މެމްބަރުންގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރިކަމަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ކޯލިޝަންގައި މިހާރު އޮތް ކޮންމެ ޕާޓީއެއްގެވެސް ގިނަ އާންމު މެމްބަރުގެ ވިސްނުން ހުރި ގޮތް ރައީސް ސާލިހަށް ޔަގީނުންވެސް އެނގިވަޑައިގަންނަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: