ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރު ނަސީރާއި އިލްމުވެރިިންގެ ގުޅުމުން ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފި!

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިލްމުވެރިންގެ ގުޅުމުން ބޭއްވި ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެދިލެއްވުމުގެ މަތިން އިލްމުވެރިންގެ ގުޅުމުން އެމަނިކުފާނާއި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ މާޗް މަހުގެ 15 ވީ ބުދަ ދުވަހުގެރޭ އިލްމުވެރިންގެ ގުޅުމުން ވަނީ އުމަރާއި ބައްދަލުކޮށް މިއަހަރުގެ ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އުމަރު ވަނީ އިއުލާން ކުރައްވާފައެވެ. އަދި އޭނާ ގެންދަވަނީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބައްދަލުވުންތައް ބާއްވައި ސިޔާސަތުތައް އިއުލާން ކުރަމުންނެވެ.

އާ މިސްރާބަކަށް ގެ ނަމުގައި ކެމްޕޭން ހަރަކާތްތައް ބާއްވަމުން ގެންދާއިރު އުމަރު ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި ޑްރަގްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުަމަށް އަޅުއްވާނެ ހަރުދަނާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އުމަރު ވިދާލުވެފައިވާ ގޮތުން ވެރިކަން ލިބިއްޖެނަމަ ޑްރަގާއި ދެކޮޅަށް މައިގަނޑު ހަތަރު ސިޔާސަތެއް އޭނާ ތަންފީޒު ކުރާނެއެވެ.

ޑްރަގްގެ ވިޔަފާރި ކުރާ މީހުން މިނިވަން ނުވާ ގޮތަށް ޖަލުގައި ބަންދު ކުރާނެ ކަމަށާއި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ރިހިބިިލިޓޭޝަން ފަރުވާ 24 ގަޑިއިރު ތެރޭގައި ފަށާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގްގެ ވަބާ ކަމަށާިއ ޑްރަގާއި ގުޅިފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގޭންގްތައް ކަމަށް އުމަރު ވިދާލުވިއެވެ.

ގޭންގްތަކުން މީހުންނަށް ބިރު ދެއްކުމާއި ވަޅި ހެރުންފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށާއި ވެރިކަން ލިބިއްޖެނަމަ ގޭންގްތަކަށް އެގޮތަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޑްރަގްގެ ވަބާ ހުއްޓުވުމުގައި ނާކާމިޔާބު ވެފައިވަނީ ހުޅަނގުގެ މޮޑެލްތައް ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. ޑްރަގްގެ ވަބާއިން ސަލާމަތް ވުމަށް އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީއާގެ މޮޑެލް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: