ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހާދިމާކޮށް އެސްޓީއޯ އިން ސިނާއީ ސަރަހައްދުގައި ކައުންޓަރެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް ރާއްޖެއެތެރެކުރި މުދާ ވިއްކުމަށް މާލޭ އިންޑަސްޓްރިއަލް ޒޯންގައި ކައުންޓަރެއް ހުޅުވައިފިއެވެ.

އިންޑަސްޓްރިއަލް ޒޯންގައި އެސްޓީއޯ އިން ހުޅުވި ކައުންޓަރު ހުންނަނީ ގްރޭޓަރ މާލެ ބަސްޓާމިނަލްގެ ހުޅަނގުން އޮތް އެސްޓީއޯގެ ބިމުގައެވެ.

އެސްޓީއޯގެ ފަރާތުން ރޯދަމަހު އާއްމު ރައްޔިތުންނަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުމަށް ހުޅުވި ކައުންޓަރެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސްޓީއޯ އިން ވަނީ ރޯދަމަހަށް ހާއްސަކޮށް ފިޔާ އާއި ބިހާއި އަލުވި އަގުހެޔޮކޮށް ވިއްކުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިޔާ ކިލޯއެއް އެސްޓީއޯ އިން 9 ރުފިޔާ އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު އަލުވި ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 11 ރުފިޔާ އަށެވެ. އަދި ބިހެއް 1.75 ރުފިޔާ އަށް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެކުންފުނީގެ ގުދަނުން ފައިސާ ބަލައިގަތުމާއި، އިންވޮއިސް ހެދުމާއި މުދާ ދޫކުރެވޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ފަރާތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިހާރަ އެއް ރޯދަމަހާއި ދިމާކޮށް ހުޅުވާއިރު އެ ފިހާރައިންވެސް އެސްޓީއޯ އިން އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދާ ފަސޭހަ ކަމާ އެކު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: