ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރަ އެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވައިފިއެވެ.

ހުޅުމާލެ ފޭސް 2 ގެ ހިޔާގެ 9 ވަނަ ޓަވަރުގެ ތިރީގައި ހުޅުވުނު އެސްޓީއޯ ރޯދަ މާޓަކީ އެސްޓީއޯ އިން އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދާ ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ ރޯދަ މާޓް ހުޅުވުމާއެކު ރާއްޖޭގައި އެންމެ ރަނގަަޅަށް ހިނގާ ހުރިހާ ޕްރޮޑަކްޓް ތަކެއްގެ ލީޒިންގ ޕާޓްނަރސް ތަކާއި އެކު އެއްބަސްވެވި އެ ފަރާތްތަކުގެ މުދާވެސް އެސްޓީއޯގެ ފިހާރައިން ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިން ހައްދާ މުދާތައް، ވަކިން ހާއްސަކޮށް ތަރުކާރީގެ ބާވަތްތައް ކޮންމެ ދުވަހަކުވެސް އެސްޓީއޯ ރޯދަ މާޓުން، ތާޒާ ކަންމަތީ ލިބިގެން ދާނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި، ބިސް އަދި ކާޑުގެ ބާވަތްތަކާއި ރޯދަމަހު އެންމެ ގިނައިން ބޭނުންވާނެ ހުރިހާ މުދަލެއް ހުޅުމާލެ އެސްޓީއޯ ފިހާރައިން ވީހާވެސް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: