ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ތިބީ ރައީސް ޔާމީންގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދި: ޣައްސާން

ޣައްސާން ރައީސް ޔާމީންއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ތިބީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ހަރު ދުވެއްޔަށް އެދިއެދިކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އިދިކޮޅުން ބުނަމުންދަނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ފާހަގަކުރަމުންދަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްނުކުރެވޭހާ ހިނދަކު ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރެވޭނެ ފެންވަރުގެ މަސައްކަތެއް އިދިކޮޅަށް ނުކުރެވޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ،

މި ދަނޑިވަޅުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ނަން ހުށައަޅައިފިނަމަ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ވަނީ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. ފުއާދު ވިދާޅުވެފައިވާ ގޮތުގައި ކެނޑިޑެސީ ހުށައެޅުމުގެ ފުރުސަތު ރައީސް ޔާމީންއަށް އެބަ އޮތެވެ.

މިއާއި ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެކަމަށެވެ.

 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދަނިކޮށް، ރައީސް ޔާމީންގެ ނަން ހުށައަޅައިފިނަމަ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ފުއާދު ވިދާޅުވެފައިވަނީ މީގެ ކުރިން އްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރަކަށް ވެސް އިސްތިއުނާފްގެ މައްސަލަ ދިގު ދެމިގެން ގޮސްފައިވަނިކޮށް އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ކޯޓުން ދީފައިވާތީއެވެ.

ރައީސް ޔާމީން ޖަލަށްލުމާއިއެކު އިދިކޮޅުން ބުނަމުންގެންދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ ވާދަވެރިންނާއިއެކު ވާދަކޮށް އިންތިހާބު ކާމިޔާބުކުރުންކަމަށެވެ. އެހެންކަމުން ރައީސް ޔަމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ. އަދި ރައީސް ޔާމީންއަށް އެ ފުރުސަތު ހޯދަވައިދެއްވުމަށްޓަކައި އިދިކޮޅުން ވަނީ ރައީސް ޔާމީންގެ ކޮށްފައިވާ ހުކުމް އިސްތިއުނާފަށްވެސް ހުށައަޅާފައެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގައިއެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: