ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ”ގޮނޑީގައި ހުންނަން ޖެހޭނީ، ހުރިހާ ސިފައެއް ފުރިހަމަ މެމްބަރެއް“

ޕީޕީއެމްގެ ކެނޑިޑޭޓު ހަސަން ރިޒާގެ ކެމްޕެއިންގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑީގައި އިންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް، ޕީޕީއެމްގެ ކެނޑިޑޭޓު ހަސަން ރިޒާ އެބަހުރިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން 2023 އޭޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ހަމައެކަނި ކުރިމަތިލެއްވީ ހަސަން ރިޒާއެވެ. މިއީ މި ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އިބްރާހީމް ރިޒާގެ ކޮށްކޮއެވެ.

މިހާރު ބައި-އިލެކްޝަންގެ ކެމްޕެއިން ޕީޕީއެމްއިން ފަށާފައިވާއިރު، ކެމްޕެއިންގެ ތެރެއިން ނަގާފައިވާ ފޮޓޯޓަކެއް ހިއްސާކުރައްވާ ޝުޖާއު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާގެ ގޮނޑީގައި އިންނަވަން ޖެހޭނީ ހިތްހެޔޮ، އޯގާތެެރި، ޢިލްމީ، އަދި ރައްޔިތުންގެ އިހްސާސްތައް ދަންނަ ބޭފުޅެއްކަމަށް ދާއިރާގެ ރައްޔިތުން ބުނެފައިވާކަމަށެވެ.

ޝުޖާއު ވިދާޅުވީ ހަސަން ރިޒާގެ ކިބައިގައި މި ހުރިހާ ސިފައެއް ފުރިހަމަވާކަމަށެވެ.

 

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެމްބަރުކަން، ގިނަ އަހަރުތަކެއް ކުރެއްވި އިބްރާހިމް ރިޒާ ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވަނީ، ޕާޓީގެ ދާއިރާގެ ރައީސެއްގެ މަގާމު އަދާކުރަމުން އައި އިބްރާހިމް ޝާޒެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރައްވަނީ، އަލީ އާރިފެވެ.

މިއީ މަޖިލީހުގެ 19 ވަނަ ދައުރަށް ބައި އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސެއިން ވަހީދު އަވަހާރަވުމުން އެ ދައިރާގެ ބައި އިލެކްޝަނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: