ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން 2 ޓަނު ލުބޯ އެތެރެކޮށްފި

ލުނބޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ދެޓަނު ލުނބޯ  ރާއްޖެ އެތެރެކޮށްފިއެވެ.

އެސްޓީއޯ އިން ލުނބޯ އެތެރެކޮށްފައިވަނީ ލުނބޯގެ އަގު ބޮޑުވެ އާއްމު ރައްޔިތުން ޝަކުވާ ކުރަމުންދާތީ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯ ގެ މެނޭޖިންގ ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ލުނބޯގެ އަގު ބާޒާރުގައި އުފުލުމާއި އެކު އަގުދަށް ކުރުމަށް އެސްޓީއޯ އިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.

 

އަމްރު  ވަނީ އާއްމު ކާބޯތަކެތީގެ އަގުތައް ބޮޑުނުކުރުމަށް އެންމެ ފަރާތްތަކުގެ ކިބައިން އެދިލައްވާފައެވެ.

އެސްޓީއޯ އިން ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާ އަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ރަމަޟާން މަހާއި ދިމާކޮށް ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އާއްމު ފަރާތްތަކުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

އެސްޓީއޯ އިން ވަނީ ރޯދަމަހަށް ހާއްސަ ކޮށްގެން އަލުވި، ފިޔާ އަދި ބިހުގެ އަގުވެސް ހެޔޮކޮށްފައެވެ.

މީގެ އިތުރުން އާއްމުކޮށް ރޯދަމަހަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދާ ހެޔޮއަގުގައި ރައްޔިތުންނަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: