ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް ހުޅުވާލުން

އެސްޓީއޯ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލްކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ މިއަދު ހުޅުވާލާފައެވެ.

އެގޮތުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ވަނީ، އެ ކުންފުނިން މިއަދު ކުރި އިޢުލާންގައި ބަޔާންކޮށްފައެވެ.

އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން،  އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@sto.mv އަށް އީމެއިލްކުރުމަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް، އެ ކުންފުނިން ކުރި އިޢުލާންގައި ބަޔާންކޮށްފައިވެއެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.

މި މަޤާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ކުރި އިޢުލާންގައި ބާރުއަޅާފައިވެއެވެ.

މި އިޢުލާނާއެކު، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުން ނޮމިނޭޓްކޮށްދެއްވުމަށް އެދި ޕީސީބީއަށްވެސް މިއަދު ނޯޓިސް ހުށަހަޅާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: