ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވޭތުވެދިޔަ ދުވަސްތައް ހޭދަކޮށްފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެތިކަން އާލާކުރުމުގެ މަސައްކަތުގައިކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކުރި ހާއްސަ ހަރަކާތެއްގައި ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އިސް ލީޑަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ފާއިތުވި ދުވަސްތައް ހޭދަކޮށްފައިވަނީ ބިރުވެރިކަން އާލާކުރުމުގައިކަމަށެވެ. އެގޮތުން، އިދިކޮޅުގެ ބައްދަލުވުމުގައި ހަމަނުޖެހުންތަކެއް ހިންގުމަށް މަސައްކަތްކުރި ވާހަަކަތައް ފަތުރި ކަމަށެވެ.
ސައީދު ވިދާޅުވީ، ސަރުކާރުން އެ ހުރިހާ ކަމެއް ކުރިއިރުވެސް، ގިނަ އަދަދެއްގެ އާންމުންވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަރާތްތަކުންވަނީ ރައީސް ސާލިހާއިމެދު އޮތް ހިތްހަމަނުޖެހުން ފާޅުކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، އެއްވި ފަރާތްތަކުންވަނީ ރައީސް ސާލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންދިއުމަށް ގޮވާލާފައިކަމަށެވެ.
އޭނާ ވިދާޅުވީ، އިމުގެ މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިފައިަކމަށެވެ. ސައީދު ވިދާޅުވީ، މިއީ ޑިމޮކްރެސީ ފެއިލްވެފައިވުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ކަނޑުގެ ސަރަހައްދު އަނބުރާ ބޭނުންވާކަމަށެވެ. މީގެ އިތުރުން ސައީދުވަނީ ފުލުހުންގެ މުއައްސަސާ އަދި އެމްއެންޑީއެފްއަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްތައް ކުރެއްވުމަށް އިލްތިމާޒްކުރައްވާފައެވެ.

