ނިޒާމީ ވޯޓާއި، ގުޅޭ ގޮތުން ގާނޫނުއަސާސީގެ އިސްލާހަށް ބަހުސް ކުރުމަށް މާދަމާ މަޖިލިސް ބާއްވަން ނިންމައިފިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާގުޅޭގޮތުން މަޖުލީހުގައި ބަހުސް ކުރުމަށް ނިންމަވާފައިވާއިރު، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މަޖުލީހުގެ އިދާރާއިން ބުނެފައިވަނީ މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއްނަމަވެސް ނިޒާމީ ވޯޓުނެގުމާ ގުޅޭ ގަރާރުގެ މައްސަލާގައި، ބަހުސް ކުރެވޭނެކަމަށެވެ. އަދި އެގަރާރުވަނީ އެޖެންޑާ ކޮށްފައެވެ.
ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގޮވާލައްވައި މިގަރާރު މަަޖުލީހަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މިގާރު ފުރަތަމަ ހުށައެޅުއްވީ 13 ސެޕްޓެމްބަރުގައެވެ.
މިގަރާރާއި ގުޅޭ ގޮތުން ހުށައެޅުއްވި އެޖެންޑާގައި ބުނެފައިވަނީ މާދަމާގެ އެޖެޑާގައި މުޅިންވެސް ބަހުސްކުރެވޭނީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކަަށް ބެލުމަށް ކަމަށެވެ.
ބަރުލަމާނީ ނިޒާމުގައި ހިމެނޭ އަސާސީ ސިފަތަކުގެ ތެރޭގައި، ފާހަގަކުރެވުނު ބައެއްކަންތައް ކަމަށް ނަޝީދު މީގެ ކުރިން ވިދާޅޫވެފައިވަނީ ބާރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން އެއްބާރު އަނެއްބާރާއި ގުޅިފަވާކަމެވެ. މީގެ އިތުރުން ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިގެންވާއިރު، ގާނޫނު ހެދުމުގެ ބާރު ލިބިގެންވާނީ ރައްޔިތުންގެ މަޖުލީހަށް ކަމަށާއި، އަދުލު އިންސާފު ގާއިމު ކުރުން ހަމައެކަނި ކަނޑައެޅިގެންދާނީ ޝަރުއީ ކޯޓްތަކަށް ކަމަށްވެސް ބުނެފައި ވެއެވެ.
އެގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ހޮވާނި މަޖުލީހުގެ އެއްވެސް ދައުރެއްނެތި ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކުރައްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މަޖުލީހުން އައްޔަންކުރާ ބޮޑުވަޒީރު އައްޔަންކުރުމާއި އިސްތިއުފާ ބަލައިގަތުން ވެސް ބަރުލަމާނީ ނިޒާމުގައި ހިމެނޭ ކަމަށެވެ.
އަދި ރައީސް ކުރައްވާ ކަންތަކުގެ ތެރޭގައި އާންމު އިންތިހާބު އިއުލާންކުރުމާއި، މިނިވަން މުސްތަގިއްލު މަގާމްތަކަށް ރައްޔިތުންމަޖުލީހުގެ މަޝްވަރާގެ މަތިން މީހުން އައްޔަން ކުރުންހިމެނޭ ކަމަށެވެ.
ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ބޮޑުވަޒީރު ކަމަށެވެ. އެގޮތުން ބޮޑުވަޒީރުވާނީ މަޖުލީހުގެ އެވަގުތު އައުލަބިއްޔަތު އޮންނަ ބޮޑުވަޒީރެއް ކަމަށާއި، އެހާހިސާބުން ބޮޑުވަޒީރުވާނީ މަޖުލިސް ހިންގުމުގެ އެންމެބޮޑު ބާރުވެރިޔާ ކަމަށެވެ. އެހެންނަމަވެސް މަޖުލީސް އޭނާގެ ބޮޑުވަޒީރުކަމުގައި ހުރެވޭނީ މަޖުލީހުގެ އައިލަބިއްޔަތު އޭނާގެ މައްޗަށް އޮންނަ ދުވަހަކާއި ހަމަޔަށެވެ.
ނިޒާމީ ވީޯޓަކީ ކޮބައިތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ކުރިން ބައެއް ކަންކަން ސާފުކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ރައްޔިތުންގެ މަޖިލީހުގައި މީގެކުރިން ވަނީ އެދިފައެވެ. އަދި ނިޒާމެއް ބަދަލު ކުރުމުގެ ވޯޓެއް ނެނގުމުގެ ކުރިން ސާފްކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރައްވަނީ ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މިކަމާއި ސަަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންވެސް ދެކޮޅެވެ، އަދި އެހެން ސިޔާސީ އެހެން ޕާޓީތަކުންވެސް މިކަމަށް އެއްބަސްވާ ކަހަލަ ކޮޅުމައްޗެއް ނުފެނެއެވެ.

