ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުހީދުގެ ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެ: ހުކުރު ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ތައުހީދުގެ ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ އިންސާނާގެ އަމަލުތައް ޝިރުކުން އެއްކިބާކޮށް، ސީދާމަގުގައި ފައިތިލަ ސާބިތުކޮށްގެން ނޫނީ ބާއްޖަވެރި ބަޔަކަށް ނުވާނެ ކަމަށެވެ.

ތައުހީދަކީ އިސްލާމްދީނުގެ އަސާސް ކަމަށާއި އިންސީންނާއި ޖިންނީން އެކަމަށްޓަކައި ހެއްދެވުނު މަޤްސަދު ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރި އަޤީދާއާއިގެން ކަން ބަޔާން ކުރައްވަމުން ޚުތުބާގައި ބުނެފައިވަނީ އެކަލާނގެ ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަޞްލުގެ މަތީގައި ކަމަށެވެ. ތިން ބަޔަކަށް ބެހިގެންވާ ތައުހީދަކީ މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުމެވެ.

ތައުހީދުގެ ފުރަތަމަ ބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އެގޮތުން އެކަލާނގެއަށް ޝަރީކުކުރުން ދުރުހެލިވެ އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް ޤަބޫލުކުރުމަކީ ރުބޫބިއްޔަތަށް އެއްކައުވަންތަކުރުމެވެ. ދެވަނަ ބަޔަކީ (ތައުހީދުލްއުލޫހިއްޔާ) އެހެން އެއްވެސް ފަރާތެއްގެ ބައިވެރިކުރުމަކާއި ނުލައި ހުރިހައި އަޅުކަމެއް ހަމައެކަނި މާތް  އަށް އަދާކުރުމެވެ. ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން އެ ބޭކަލުންގެ ގައުމުގެ މީސްތަކުންނަށް އެންބެ ބޮޑަށް ގޮވާލައްވަން ޖެހިވަޑައިގަތީ ތައުހީދުގެ މިބަޔަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

”ނަމާދުކުރުމާއި، ރޯދަހިފުމާއި، ދުޢާކުރުމާއި، ނަދުރުބުނުމާއި، ޤުރުބާންކުރުމާއި، ބިރުވެތިވުމާއި، ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި، އަޅުކަމުގެ ގޮތުން ކުރާ މި ފަދަ ހުރިހައި ޢަމަލެއް ހަމައެކަނި އެކަލާނގެއަށް ޚާލިޞްކުރުމެވެ.“

ތައުޙީދުގެ ތިންވަނަ ބައި ކަމަށްވާ ތައުޙީދުލްއަސްމާއި ވައްޞިފާތިއަކީ މާތް ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެގޮތުން އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ޤަބޫލުކުރުން ކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ތައުހީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި ﷲ އެއްކައުވަންތަކުރާ މީހަކަށް ނުވާނެއެވެ. މި މަތިވެރި ޢަޤީދާ ދޫކޮށް ބާޠިލު ޢަޤީދާތަކަށް ތަބާވެ، މާތްﷲގެ މަގަށް ފުރަގަސްދީ، ކުރާ ޢަމަލުތަކުގައި ޝިރުކު ހިމެނިއްޖެނަމަ، ހުރިހާ ޢަމަލުތަކެއް ބާޠިލުވެ، ގެއްލެނިވެގެން ހިނގައިދާނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: