ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސްއާ ދެކޮޅަށް ނުނުކުތުމަށް ނަޝީދު އެދިވަޑައިގެންފި

ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ހަވާލުކުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ދެކޮޅަށް ނުނުކުތުމަށާއި، އެ މަޝްރޫއާ ބެހޭ ގޮތުން މާ ގިނަ ވާހަކަ ނުދެއްކުމަށް އެމްޑީޕީގެ ޗެއާޕާސަން  އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން އެޑްވާންސަކާ ނުލައި 500 ހެކްޓަރުގެ ބިން ދޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-އައްބާރާ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބުނާ މައްސަލައިގައި ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި މި މަޝްރޫއަކީ އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެއިން ޕްރޮޕަޓީ ގަތުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަލް-އައްބާރަށް ފުރައްސާރަ ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ، ޔޫއޭއީގެ ކުންފުންޏަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ގެއްލުންވެ، އެ ގައުމު ސަރުކާރު ހިންގާ ޕީއެންސީއަށް ދޫކޮށްލެވޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުންނެވެ. ނަމަވެސް، ނަޝީދުގެ ވާހަކަފުޅާ ދެކޮޅަށް އެމަނިކުފާނުގެ ފެކްޝަނާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ މެސެޖު ކުރައްވާފައެވެ.

މި މައްސަލައިގައި އެމްޑީޕީން ރަސްމީ ނިންމުމެއް ނިންމުމަށްޓަކައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދި ކުރިއަށް ގެންދިޔަ ވަޓްސްއެޕް ޕޯލްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 66 މެންބަރަކު ވަނީ ބައްދަލުވުން ބޭއްވުމަށް ވޯޓު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: