ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންތައް އަތުލުން ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން ވަގުތީ އަމުރަކަށް އެދިއްޖެ

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ މަސްމާރުކޭޓާއި ސަލްޓަން ޕާކު އަދި ރަސްފަންނު ހިމެނޭހެން 14 ބިމެއް ސަރުކާރަށް ނެގުން ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި ވަގުތީ އަމުރަކަށް އެދިއްޖެއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި، ރިޔާސަތުގައި އިންނެވި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒު ވިދާޅުވި، އެ ބިންތައް ނަގަން ނިންމާފައިވަނީ ކޮން މަޝްރޫއުތަކަކާ ގުޅިގެންކަން ސާފުކުރަން ކައުންސިލުން ވުޒާރާތަކަށް ސިޓީ ފޮނުވުމުން އެ ސިޓީތަކަށް ޖަވާބު ދީފައިނުވާ ކަމަށެވެ.

އެ ބިންތައް ނެގުމާ ގުޅޭގޮތުން ޝަކުވާ ނުވަތަ ހިޔާލު ހުށަހަޅަން ހުޅުވާލާފައިވާނަމަވެސް، އެތަނުގައި ހިންގަނީ ކޮން މަޝްރޫއުތަކެއް ކަމެއް އެނގުމެއް ނެތި އެ ޝަކުވާއެއް ނުވަތަ ހިޔާލެއް ހުށަނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ބިމާ ގުޅޭ ގާނޫނުތަކުގައި އެފަދަ ހާލަތްތަކުގައި ފުރިހަމަކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، އެ ބިންތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ހޯދަން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންވެ، ބިމާ ގުޅޭ ގާނޫނުތަކުގައި މިފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިނުވާތީ، ވަގުތީ އަމުރެއް ނެރެދިނުމަށް މިއަދު އަޅުގަނޑުމެން ވާނީ ކޯޓަށް ހުށަހަޅާފައި.“ މީކާއިލް

އޭގެ އިތުރުން، މާލެ ސިޓީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމުގެ ނިންމުންތައް ރައްޔިތުންގެ ބައިވެރިވުމެއްނެތި ނިންމަމުންގެންދާތީ އެކަމާގުޅޭގޮތުން ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް، ކައުންސިލް ތަޅުމުން ނިންމާފައިވާތީ އެ ބައްދަލުވުން 5 ނޮވެންބަރު 2026ގައި ބޭއްވުމަށް ވެސް ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭގެ އިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެއްވެސް ކައުންސިލަރަކު ދެކޮޅު ހެދުމަކީ މަނާ ކަމަކަށް ހަދާފައިވާއިރު، ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވެސް ގާނޫނު އިސްލާހުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: