ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގައި އާސަންދައިން އަމަލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ބުނެފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އާސަންދަ ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް 2506 ފަރާތަކަށް، ޖުމްލަ 10،049،378 ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަަމަށެވެ.
އެއީ ވަަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް 2042 ފަރާތަކަށް 7،787،447 ރުފިޔާ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 ފަރާތަކަށް 2،261،931 ރުފިޔާ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް ސަރުކާރުން ދޭން ނިންމި އިންކަމް ސަޕޯޓް އެލަވަންސް، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ މީހުންނަށް ދޫކޮށްފައި ވަނީ އެންސްޕާ މެދުވެރިކޮށެވެ.
ރިޕޯޓްގައި ބުނެފައިވަނީ އެންސްޕާއިން އެކަން ކޮށްފައި ވަނީ ”ވެރިފިކޭޝަން ގައިޑް ލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް“ ގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

