ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރގެ ތައްޓަށް ކުޅޭ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް ފެށިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައިބާއްވާ “މޭޔަރސް ފުޓްސަލް ފިއެސްޓަރ 2021” މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަވީރު ފައްޓަވައިދެއްވައިފިއެވެ.

މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކައުންސިލްގެ މުވައްޒަފުންގެ ގުޅުން ވަރުގަދަކުރުމުގެ މަގްޞަދުގައި ބާއްވާ މި މުބާރާތް، ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައި އޮންނަ ސިޓީ ކައުންސިލްގެ ފުޓްސަލް ދަނޑުގައި ފައްޓަވައިދެއްވަމުން މޭޔަރ ޑރ. މުޙައްމަދ މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ބާއްވާ މިއީ ފުރަތަމަ މުބާރާތްކަމަށެވެ. އަދި ކޮންމެ އަހަރަކު މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

ސިޓީ ކައުންސިލްގެ 70 އަށްވުރެ ގިނަ މުވައްޒަފުން ޢަމަލީގޮތުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގައި އަންހެން ޑިވިޒަންއާއި ފިރިހެން ޑިވިޒަންގެ މެޗުތައް އޮވެއެވެ. ފިރިހެން ޑިވިޒަންގެ ގްރޫޕް އޭގައި 4 ޓީމް އަދި ގްރޫޕް ބީ ގައި 4 ޓީމާއެކު ޖުމްލަ 8 ޓީމް ބައިވެރިވެއެވެ. އަންހެން ޑިވިޒަން ގައި ވާދަކުރަނީ 5 ޓީމެވެ. ޓީމްތައް އެކުލަވާލައިފައިވަނީ ސެކްޝަންތަކުންނެވެ. ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީންގެ ޓީމެއްވެސް ބައިވެރިވެއެވެ. މިއަދު ހަވީރު ފެށުނު މި މުބާރާތުގެ މެޗްތައް ރޭގަނޑުވެސް އޮންނާނެއެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ހޮނިހިރުދުވަހު ހަވީރުއެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ގުޅުން ރަނގަޅުކުރުމަށް ކުރިއަށް އޮތްތަނުގައި ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: