ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ފޮނަދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީން ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފޮނަދޫ މަގުހެދުގެ މަޝްރޫގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިޔަށުްދަނީ ފެން ހިންދާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫގެ ދަށުން 27،179 އަކަމީޓަރުގެ ދުވާ ސަރަހައްދެއް ޤާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 10،392 އަކަ މީޓަރުގެ ޕޭވްމަންޓް މަސައްކަތާއި ފެން ހިންދާ ނިޒާމް ވެސް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީގެ ނިޝާންތައް ހަރުކުރުމާއި މަގު ބައްތިތައް ވެސް މި މަޝްރޫ ނިގެންދާއިރު ހަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދެ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއަކީ 53.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: