ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްދަރު ހާމަ ކުރުމަށް އޮންނަ މާއްދާއަށް އިޞްލާހުތަކެއް ގެނެސް ބިލް ރައީސް އޮފީހަށް ފޮނުވައިފި

ނޫސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންގެ އެއްމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތައްޔާރުކޮށް ރައީސް އޮފީހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފޮނުވައިފި އެވެ.

މިކަމާއި ގުޅިގެން އޭޖީ އޮފީހުން މިއަަދު ނެރުނު ބަޔާނެއްގައިވަނީ، ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން ހެއްކާބެހޭ ބިލްގެ އެ މާއްދާ އިސްލާހު ކުރާ ބިލު ރައީސް އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާކަމަށެވެ.

ރައީސް އޮފީހަށް ހުށަހެޅި ބިލުގައި ގެނެސްފައިވާ ބަދަލުތައް:

  • މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުން.
  • ކުރިން ގާނޫނުގައި އޮތް މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށް އޮތް އޮތުން ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެ ކަން ކަނޑައެޅުން.

މިޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގެ ޑްރާފްޓް އެކުލަވާލި އިރު ވެސް ނިންމީ މަސްދަރު ހާމަކުރަން ޖެހޭ މާއްދާ އުވާނުލަން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ އިސްލާހުގެ ބިލުގައި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ހިމަނައިފައިވާ ކަމަށެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.

ހާއްސަ ހާލަތްތައް ހިމެނޭ ގޮތަށް މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެއްކާ ބެހޭ ބިލު ފާސްކުރީ މިދިޔަ ޖޫން މަހުއެވެ. އަދި އެ ބިލު ތަސްދީގު ނުކުރާން ގޮވާލައިފައި އޮއްވާ ބިލު އޮތީ ތަސްދީގު ވެސް ކުރައްވައިފައެވެ. ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު މި ބިލަށް އިޞްލާހު ގެންނާނެކަމުގެ ޔަޤީންކަން  ރައީސް ޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: