ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކައުންޓެންޓް ޖެނެރަލްގެ މަގާމަށް އަޒާދު އައްޔަންކޮށްފި

އެކައުންޓަންޓް ޖެނެރަލް މުހައްމަދު އަޒާދު / ފޮޓޯ: ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކައުންޓެންޓް ޖެނެރަލްގެ މަގާމު އުފައްދާ އެމަގާމަށް މުހައްމަދު އަޒާދު އައްޔަން ކޮށްފިއެވެ.

އަޒާދު  އެ މަގާމަށް އައްޔަން ކޮށްފައިވާއިރު އެ މަގާމަކީ އެންމެ ފަހުން ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފެއްދި މަގާމެކެވެ.

އަޒާދު މިހާތަނަށް ހުންނެވީ ފައިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރ ކަމުގެ މަގާމުގައެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު އެ މާއްދާގައި ވަނީ ދައުލަތުގެ ފައިސާ އާއި ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބެލެހެއްޓޫމާއި ހިންގުމަށް ފިނޭންސް މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލް އެއް ހުންނަން ވާނެ ކަމަށެވެ.

ދައުލަތުގެ ފައިސާ އާއި ހިސާބުގެ އިތުރުން ހިސާބު ލިޔެކިޔުންތަކުގެ ނިޒާމް ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ބެލެހެއްޓުމާއި ހިންގުމަކީ އެކައުންޓެންޓް ޖެނެރަލްގެ މަގާމުގައި ހުންނަ މީހެއްގެ މަސްއޫލިއްޔަތެެވެ.

މީގެ އިތުރުން ދައުލަތުގެ ފައިސާ ހޭދަކުރަނީ މާލިއްޔަތު ގާނޫނުގެ ދަށުންތޯ ބެލުމަކީ ވެސް އެކައުންޓެންޓް ޖެނެރަލްގެ ޒިންމާއެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: