ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ގެންނަ ގިނަ މީހުންނަކީ “ޓާމިނަލް އިލްނެސް” ހުންނަ މީހުން: މާރިޔާ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުގެ ތެރޭގައި ގިނައީ “ޓާރމިނަލް އިލްނެސް” ހުރި ފަރާތްތައްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުން އެތަކެތި އަތުލުމަށްފަހު، އެތެރެ ކުރުމުގައި ޝާމިލުވި މީހާ ފޮނުވާލެވޭނެ ގޮތަކަށް ގަވައިދުތަކެއް ހެދިފައިވާކަމާއިމެދު މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުވަނީ ސުވާލުކުރައްވާފައެވެ. އޭނާ ވަނީ އެކަމާއި ގައުމީ ސަލާމަތާއިވެސް ގުޅުންތަކެއް ހުރިކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން ގިނައިން އަންނަނީ އެއިޑްސް ޖެހިފައިވާ މީހުންނާއި ކިޑްނީ ބޮޑެތި ބަލީގެ މީހުންކަމަށެވެ. މާރިޔާ ވިދާޅުވީ މިހާރުވެސް ޖަލުގައި އެ ފަދަ އެތައް ބަޔަކު ތިބިކަމަށެވެ. އަދި ވިދާޅުވީ އެ މީހުން ބެލެހެއްޓުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހަރަދެއް ކުރަންޖެހޭކަމަށެވެ.

މާރިޔާ ވިދާޅުވީ، މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހާއިއެކު ކޯޓުގެ ހުކުމް ލިބުމުން އެ މީހުން އަނބުރާ ފޮނުވާލެވޭނެ އުސޫލެއް ކަނޑައެޅިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތައް އެތައް ދުވަހެއް ޖަލުގައި ބެހެއްޓުމަށްފަހު ފޮނުވާލުމަށް މަސައްކަތްކުރާއިރު، އެތައް ދަތިތަކަކާއި ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތައް އެނގި ހުރެ ފޮނުވާލަނީ “ލަޔަބިލިޓީ” ނަގަން ބޭނުން ނުވާތީކަމަށް ކަސްޓަމްސް އަދި އިމިގްރޭޝަން ބޭފުޅުން އޭނާ ގާތުގައި ވިދާޅުވާކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ކޮންޓްރޯލްޑް ޑެލިވަރީތައްވެސް ހަދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދެއް އެކުލަވާލީ އެކަން އެގޮތަށް ނުކޮށް ދިވެހި ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ނުދާނެ ގޮތަކަށް އަމަލު ކުރުމުގެ ގޮތުން ގަވައިދެއް ބިނާ ކުރުމަށްކަމަށެވެ. އަދި އެގޮތަށް ޕްރެކްޓިސް ކުރާތާ އެތައް ޒަމާނެއް ވެފައިވާކަމަށާއި ގަވައިދެއް ގެޒެޓު ނުކޮށް އެކަން ކުރާ ނަމަ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ގަވައިދު އެކުލަވާލެވި ތަންފީޒުކުރައްވަމުންދަނީ ދިވެހި ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ނޫންގޮތަކަށް ފެނިވަޑައިގަންނަވާނަމަ މަޖިލީހުގައި އެކަން ބަދަލުކުރުމުގެ އިހްތިޔާރު އަބަދުވެސް އޮންނާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގަވައިދަށް ބަދަލުތަކެއް ގެނެސްފި ހާލަތެއްގައި އެ ބަދަލުތަކާއި އެއްގޮތަަށް އަމަލުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: