ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފިއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގެ ރުއްތަކަށް މިވަގުތު ވަނީ ބައްޔެއް ޖެހިފައިކަމަށާއި އެކަމުގެ ސަބަބުން ކާއްޓާއި ކުރުނބާ ލިބުން ދަތިވެފައިވާ ކަމަށެވެ.

ޑރ ހުސައިން ވިދާޅުވީ އެކަން ހައްލުކުރުމަށް ސަރުކާރުން ވަނީ 5000 ރުއް ރާއްޖެގެނެސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީނު ކޮށްފައި ކަމަށެވެ. ރާއްޖެ އެތެރެކުރި ރުއްތައް އެކި ރަށްރަަށަށް ބެހުމަށް ހަމަޖެހިފައިވާ އިރު އެ ރުއްތަކުގައި އެއްވެސް ބައްޔެއް ހުރިތޯ ބެލުމަށް އެގްރިކަލްޗަރ މިނިސްޓްރީން ދަނީ ބަލަމުންނެވެ.

ޑރ ހުސައިން ވިދާޅުވީ ރުއްގަހަށް ޖެހޭ ބަލިތައް ދެނެގަނެ އެފަދަ ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އާއްމުންގެ ހޭލުމްތެރިކަން މިހާރަށް ވުރެ ބޮޑަށް އިތުރު ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ރުއްތަކަށް ޖެހިފައިވަނީ ސޫޓީމޯލްޑް ކިޔާ ބައްޔެކެވެ. މިބަލި ޖެހުމުގެ ސަބަބުން ކާށި ލިބުން ވަނީ ދަތިވެ ކާށީގެ އަގު ބޮޑުވެފައެވެ. މިވަގުތު ބާޒާރުގައި ކާއްޓެއްގެ އަގު އެވްރެޖް ގޮތެއްގައި އުޅެނި 25 އާއި 50 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ މި ހަފްތާގެ ޖަލްސާތަކުގައި  ބައެއް މެމްބަރުން ވަނީ ކާށި ލިބުން ދަތިވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: