ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅުރަށްތަކުގައި ކުރާ މަސައްކަތްތައް ފިޝަރީޒް މިނިސްްޓްރީއަށް ނުބެލެހެއްޓޭ: މާޅޮސްމަޑުލު ދެކުނުބުރީ ކައުންސިލު

ފިޝަރީސް މިނިސްޓަރ ޑރ ހުސައިން ރަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރއިން ބ ދަކަންދޫ ވަރުވާއަށް ދިނުމަށް އެދުމުން، އެ އަތޮޅުގައި ކުއްޔަށް ދީފައިތިބި އެހެނިހެން ރަށްތަކުގެ ނަހަމަ ބޭނުންތަކެއް ކުރަމުންދާކަމަށާއި، އެ ރަށްތައް މޮނީޓަރު ނުކުރެވޭ ކަމަށް ބުނެ އެ އަތޮޅު ރައްޔިތުން ދެކޮޅު ހަދައިފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކައުންސިލުގެ އިދާރާއިން ނެރިފައިވާ ބަޔާނެގައި ބުނެފައިވާގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އިން ވަނީ ބ ދަކަންދޫ ކުއްޔަށް ނުވަތަ ވަރުވާއަށް ދިނުމަށް އެދިފައެވެ. އެހެން ނަމަވެސް، އެ ރަށަކީ އެ އަތޮޅުގައި ހުރި ފަޅުރަށްތަކުގެ ތެރެއިން އެއްވެސް ފަރާތަކާއި ހަވާލު ނުކުރެވި އޮތް ހަމައެކަނި ރަށްކަމަށްވުމުންނާއި، އަތޮޅު ރައްޔިތުން އެ ރަށް ޕިކުނިކު ކުރުމަށާއި ކަންކަމުގައި ބޭނުން ކުރަމުންދާތީ އެ އަތޮޅު ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންވަނީ އެ ރަށް ނުދިނުމަށް ނިންމާފަކަމަށް ބުނެފަވެއެވެ.

ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާގޮތުން މިނިސްޓްރީ އޮފް ފިޝަރީޒްއިން ވަރުވާއަށް ދެމުންދާ ރަށްތަކުން، އެ އަތޮޅަށް އެއްވެސް މާލީ ފައިދާތަކެއް ނުލިބެއެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން، ދޫކޮށްފައިވާ މަގުސަދު ނޫން އެހެނިހެން މަސައްކަތްތައް ކުރަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ދަކަންދޫ ދޫނުކުރުމަށް ނިންމީ، އެހެނިހެން ރަށްތައް ކުއްޔަށް ނަގާ ފަރާތްތަކުގެ އަމަލުތައް މޮނީޓަރކޮށް، ފަޅުރަށްތަކާއި ބެހޭ ގާނޫނާއި ހިލާފުވާ އަމަލުތައް ހިންގަމުންދާ އިރު އެ ކަމާއި ދެކޮޅަށް ފިޝަރީޒްއިން ފިޔަވަޅެއް އަޅާފައިނުވާތީކަމަށްވެސް ބުނެފައިވެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކައުންސިލުގެ އިދާރާގެ ބަޔާން

މީގެ އިތުރުން، ފިޝަރީޒް އިން ވަރުވާއަށް ދީފައިވާ ރަށްތަކުގެ ތެރެއިން ފަޅުރަށްތަކާއި ބެހޭ ގާނޫނާއި ހިލާފަށް ބޭނުންކުރަމުންދާ ރަށްތަކުގެ އެއްބަސްވުންތައް ބާތިލުކޮށް، އަތޮޅު ކައުންސިލާއި ހަވާލުކޮށްދިނުމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: