ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނދިކުޅުދޫ ގޭދޮށު މަސްފެކްޓްރީ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ އެހީގައި ނ ކެނދިކުޅުދޫގައި ގާއިމްކުރާ ގޭދޮށު މަސްފެކްްޓްރީ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ކެނދިކުޅުދޫގައި ގޭދޮށު މަސްފެކްޓްރީ އެޅުމަށް އިންޑިއާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ ފެބަރުއަރީ މަހުގެ ތެރޭގައެވެ.

ކެނދިކުޅުދޫގައި އަޅާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތަށް 4.4 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަނދު އިންވެސްޓްމަންޓްސް ކިޔާ ކުންފުންޏަކަށެވެ.

ކެނދިކުޅުދޫގައި ތަރަސްގީ ކުރާ ގޭދޮށު މަސްފެކްޓްރީގައި 20 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓަކާއި 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސްޓޯރު ތަކެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަސްކަނޑާ 10 ސްޓޭޝަނާއި ޑިޖިޓަލް ސްކޭލް ބޭނުންކޮށްގެން މަސްކިރާނެ ފަސް ސަރަހައްދެއްގެ އިތުރުން މަސް ޕްރޮސެސްކޮށް ބަންދުކުރާ ހަ ސްޓޭޝަނެއް ތަރައްގީ ކުރަންޖެހެއެވެ. އަދި އޮފީސް ކޮޓަރިއަކާއި ތަހުލީލުކޮށް ކޮލެޓީ ޗެކްކުރާނެ ލެބޯޓްރީ އަކާ އިތުރު އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: